ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފ.ދަރަނބޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް އެމްޓީސީސީން ފަށައިފި

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފ.ދަރަނބޫދޫ ބަނދަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ހޮނިހިރުދުވަހު ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

3.8 މިިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ މަސައްކަތް، އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ފާއިތުވެދިޔަ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުގައެވެ.

މި ގޮތުން ދަރަނބޫދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު، އެ ރަށަށް ގެންގޮސްފައިވަނީ، މި ހުސްވި މަހުގެ 27 ވަނަ ދުވަހުގައިކަމަށް އެމްޓީސީސީން ބުނެއެވެ.

397 ދުވަހުތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން، ދަރަނބޫދޫގެ 410 މީޓަރު ބޭރުތޮށި ހެދުމަށާއި، 196 މީޓަރުގެ އެއްގަމު ތޮށި ހެދުމަށާއި، 10 މޫރިން ބްލޮކް ލުމަށާއި، ބަނދަރުގައި 10 ބައްތި ހަރުކުރުމުގެ އިތުރުން، 2 ނެރުބައްތި ހަރުކުރަން ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ހަމައެއާއެކު، 2,500 އަކަމީޓަރުގެ ޕޭވްމަންޓެއް ހެދުމަށާއި، 42,600 އަކަމީޓަރުގެ ބަނދަރެެއް ފުންކުރުމަށާއި، 4,000 އަކަމީޓަރުގެ ނެރެއް ފުންކުރުމުގެ އިތުރުން، 60 މީޓަރުގެ ރިވެޓްމަންޓްޖެހުން ވެސް، ހިމެނެއެވެ.

އެމްޓީސީސީން ދަރަނބޫދޫ ބަނދަރު ތަރައްޤީާކުރުމުގެ މަޝްރޫޢު ފަށާފައިވާއިރު، ހދ.ހަނިމާދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވެސް، އެ ކުންފުނިން މިހާރު ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: