ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީގައި ބަނދަރު ނޭޅުމަކީ ފަހަތަށް އެޅި ފިޔަވަޅެއް: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައވިޔަފާރި ބަނދަރު އެޅުމުގެ ބަދަލުގައި، ގުޅިފަޅުގައި ބަނދަރު އަޅަން ނިންމުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރު ޕީއެންސީގެ ނައިބް ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު ސައީދު ވިދާޅުވީ ތިލަފުށީގައ ވިޔަފާރިި ބަނދަރު އެޅުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް ގުޅީފަޅުގައި ބަނދަރު އެޅުމަށް ނިންމި ނިންމުމުން ދޭހަވަނީ ތަރައްގީގެ ވިސްނުން ހުރީ ”ނޭފަތު ކޮޅާ ހަމައަށް“ ކަމަށެވެ. އަދި ޗާޓު ބަލައިލުމުންވެސް، ބަނދަރު އެޅުމަށް އެންމެ ރަނގަޅުވާނީ ތިލަފުށިކަން އެނގިގެންދާނެ ކަމަށެވެ.

ގްރޭޓަރ މާލެ އޭރިއާ ބްރިޖަކުން ގުޅާލުމަކީ ރައީސް ޔާމީންގެ ސަރުކާރުން ކުރުމަށް ނިންމާފައިވާ ކަމެކެވެ. އަދި އެމަސައްކަތުގެ ތެރެއިން ވިޔަފާރި ބަނދަރެއް ތިލަފުށީގައި ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އެހެންނަމަވެސް، މިހާރު ސަރުކާރުން ވަނީ ބައެއް ބަދަލުތައް ގެނެސް ވިޔަފަރި ބަނދަރު ތިލަފުށީގައި ތަރައްގީ ކުރުމުގެ ބަދަލުގައި ގުޅިފަޅުގައި ބަނދަރު ތަރައްގީކުރުމަށް ނިންމާފައެވެ.

https://twitter.com/em_saeed/status/1269242061582004227

ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ތިލަފުށީގައި ބަނދަރު އެޅުމަށް ނިންމީ ރާއްޖޭގައި އިގްތިސާދު ފުޅާކޮށް މެރިޓައިމް ކޮމަރސްގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމުން ކަމަށެވެ. މީގެ އިތުރަށް، ތިލަފުށިގައި ތަރައްގީކުރުމަށް ނިންމާފައިވާ ބަނދަރު ގުޅިފަޅަށް ބަދަލުކުރަން ނިންމިއިރު، އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފައިވޭތޯ ބަލަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ގުޅިފަޅުގައި ވިޔަފާރި ބަނދަރު ހެދުމަށް ނިންމައި، ބަނދަރު އެޅުމަށް މިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މިކަމަކީ ވަރަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާކަމެއްކަން ފާހަގަކޮށްލެވެއެވެ. އެކަމުގެ ސަބަބުން ގުޅިފަޅުގެ ފަޅާއި ފަރުގެ އިތުރަށް ކައިރީގައިވާ އެހެން ފަޅުތަކަށާއި ފަރުތަކަށް އެކަމުގެ ސަބަބުން ގެއްލުންވާނެކަމަށް ބުނެ އަންނަނީ އަޑު އުފުލަމުންނެވެ.

މިކަމާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވީ އެމަސައްކަތް ކުރުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް، ޕްލޭނިން މިނިސްޓަރ ވަނީ މިއީ ތިމާވެއްޓަށް ގެއްލުންވިޔަސް، ދިވެހިރާއްޖެއަށް މުދާ އެތެރެކޮށް ބޭރު ކުރުމުގެ ދޮރާށި އިތުރަށް ތަރައްގީ ކުރުމަކީ މުހިންމުކަމެއް ކަމަށާއި ތިމާވެއްޓަށް ގެއްލުންވިޔަސް، އެއީ އިގްތިސާދީ މުހިންމު މަޝްރޫއެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: