ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅު ސަރަހައްދުގެ ފަރު ހަލާކުކޮށްލާކަށް ދޫކޮށްލެވޭކަށް ނެތް: ރައީސް ނަޝީދު

ކުރީގެ ރައީސް ނަޝީދުއާއި، ރައީސް ޞާލިޙް. ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުގެ ބިންހިއްކުމުގެ މަޝްރޫޢުއަކީ، މުހިންމު މަޝްރޫޢުއެއްކަމަށާއި، ނަމަވެސް ފަރު ހަލާކުވާން ދޫކޮށްލެވެން ނޯންނާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭ ކޮމާޝަލް ހާބަރު ގުޅީފަޅަށް ބަދަލުކުރުމުގެ ގޮތުން، އެ ރަށުގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަމުން އަންނައިރު، އެ މަޝްރޫޢަކީ، މުހިންމު މަޝްރޫޢުއެއްކަމަށާއި، ނަމަވެސް ފަރު ހަލާކުވާން ދޫކޮށްލެވެން ނޯންނާނެކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ގުޅީފަޅުގެ މަޝްރޫޢު ކުރިއަށްދާއިރު، އެ ސަރަހައްދުގެ ފަރު ރައްކާތެރިކުރުމަށްޓަކައި، ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުންނާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން ވެސް އެދެމުން އަންނަކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުންނާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އެދުނު އެދުންތައް ސަރުކާރުން ބަލައިގަންނާނެ ކަމަށާއި، ގުޅީފަޅުގެ މަޝްރޫޢުއަކީ، ނުހަނު ފައިދާކުރާނެ މުހިންމު މަޝްރޫޢުއެއްކަމަށެވެ.

ނަމަވެސް، މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެ ސަރަހައްދުގެ ފަރަށް ހަލާކުވާން ދޫކޮށްލެވެން ނެތްކަމަށެެވެ.

https://twitter.com/MohamedNasheed/status/1269582644179697664?s=19

ރައީސް ނަޝީދު މި މޭރުމުން ޓްވީޓްކުރައްވާފައިވާއިރު، މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި، ތަރައްޤީގެ ގިނަ މަސައްކަތްތަކުން، ތިމާވެށްޓަށް ނުރަނގަޅު އަސަރުތަކެއް ކުރަމުން އަންނަކަމަށާއި، ނަމަވެސް އެއްވެސްގޮތެއް ނެތި މާލޭގައި ދިއުޅެމުން އަންނަ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި ކަމަކީ، ތޮއްޖެހިފައިވާ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް، މުހިންމުކަމެއްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ގުޅީފަޅުގެ މަޝްރޫޢު ކުރިއަށްދާއިރު، އެ ސަރަހައްދުގެ ފަރު ރައްކާތެރިކުރުމަށްޓަކައި، ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީން އެދިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ގުޅިފަޅުގެ މަޝްރޫޢު ހުއްޓާލަންޖެހޭވަރަށް، އެ ސަަރަހައްދު ހިއްކައިގެން ގެއްލުންނުވާނެކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވަނީ، ގެއްލުން ލިބުނަސް، އެ މަޝްރޫޢަކީ ކޮންމެހެން ވެސް ކުރިއަށްގެންދަންޖެހޭ މަޝްރޫޢުއެއް ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: