ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިންއާއި އުސްފަސްގަނޑު ސަރަހައްދުން ދިމާކޮށް ބަޔަކު ހަމަލާ ދީފިއެވެ.
އެ ހަމަލާއާއި ގުޅިގެން ރައީސް ވަހީދު ކުރެއްވި، ޓްވީޓުގައި ވިދާޅުވީ އެމަނިކުފާނަށް ހަމާލާދީފައިވަނީ އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ކަމަށެވެ. އަދި އެ އަމަލު ހިންގިއިރު، އުސްފަސްގަނޑުގައި މީހުން ކަސްރަތު ކުރަމުން ދިޔަ ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، ރައީސް ވަހީދަށް ހަމާލާ ދިން މައްސަލައެއް މިއަދުގެ ހެނދުނު 07:07 ގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާ ތަހުގީގު ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.

