ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުމެންނަށް ވެސް ހިނގާބިނގާވެ އުޅެވެން ޖެހޭނެ އެހެން ރައްޔިތުންނެކޭ އެއްގޮތަށް: ރައީސް ވަހީދު

ޑރ. މުހައްމަދު ވަހީދާއި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިންއަށް މީހަކު ހަމަލާ ދިން މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކުރިން ވަރިކަން ކޮށްފައި ތިއްބެވި ފަރާތްތަކަށް ވެސް އެހެން ރައްޔިތުންނެކޭ އެއްފަދައިން މަގުމަތީގައި ހިނގާބިނގާވެ އުޅެވެން ޖެހޭނެ ކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކް ވިދާޅުވެއްޖެއެވެ. 

ރައީސް ވަހީދު މިފަދައިން ވިދާޅުވީ އާދީއްތަ ދުވަހު ހެނދުނު އެމަނިކުފާނާއި އެމަނިކުފާންގެ އަނބިކަނބަލުން އިލްހާމް އަހުމަދު ކަސްރަތު ކުރައްވަން ނިކުމެ ވަޑައިގެން އުޅުއްވަނިކޮށް މީހަކު އެމަނިކުފާނާއި ދިމާކޮށް ހިނގާދިޔަ ކަންތަްތަކާއި ގުޅޭ ގޮތުން ”ސަންގު“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. 

ރައީސް ވަހީދު ވިދާޅުވީ އާދައިގެ މަތިން އެމަނިކުފާނާއި އެމަނިކުފާންގެ އަނބިކަނބަލުން ކަސްރަތަށް ނިކުމެ ވަޑައިގެން އުޅުއްވަނިކޮށް އުސްފަސްގަނޑާއި ހިސާބަށް މީހަކު ވަރަށް ހަޑިހުތުރު ބަހުން ވަަރަށް ބާރަށް އެމަނިކުފާން ދިމާއަށް އެއްޗެހި ގޮވާ ހެދި ކަމަށެވެ. އެގޮތުން އެ މީހާ ހަޑިހުތުރު ބަހުރުވައިން އެއްޗެހި ގޮވާ ހެދި ނަމަވެސް އެމަނިކުފާން އެއްވެސް އެއްޗެއް ވިދާޅުނެވެ ކުރިއަށް ވަޑައިގެންނެވީ ކަމަށާއި ނަމަވެސް އެ މީހާ ފަހަތުން އައިސް ދިމާކޮށް ހެދި ކަމަށާއި އަދި ފަހުން ސައިކަލަށް އަރައިގެން ކުރިމަތިން ދިމާކޮށް ހަޑިހުތުރު ބަސްތަކުން މުހާތަބްކޮށް ގޮވާ ހެދި ކަމަށް ވިދާޅުވިއެވެ. 

ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނާއި ދިމާއަށް ހަޑިހުތުރު ބަހުން ހަޅާތްލަވައި އެއްޗެހި ގޮވާ ހެދި އަޑު އެ ސަރަހައްދުގައި ކަސްރަތު ކުރަން ތިބި އެހެން މީހުންނަށް ވެސް ފެނި އަޑުއިވުނު ކަމަށެވެ. އަދި ވިދާޅުވީ އެކަން ހިނގާދިޔައިރު އެމަނިކުފާން ސެކިޔުރިޓީ ބަލަހައްޓާ އެމްއެންޑީއެފްގެ އޮފިސަރުން ވެސް ތިއްބެވި ކަމަށާއި އެ މީހާގެ މައުލޫމާތު ފުލުހުންނަށް ރިޕޮޓް ކުރީ އެމްއެންޑީއެފްގެ އޮފިސަރުން ކަމަށް ވިދާޅުވިއެވެ. 

ރައީސް ވަހީދު ވިދާޅުވީ ޑިމޮކްރެޓިކް ވެއްޓެއްގައި ކޮންމެ މީހަކަށް ވެސް ހިޔާލްފާޅު ކުރުމުގެމިނިވަންކަން އޮންނާނެ ކަމަށާއި ނަމަވެސް މަގުމަތިން ދިމާކޮށް ހަނގާކޮށް އެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޑރ ވަހީދު ވިދާޅުވިއެވެ. 

އެމަނިކުފާނާއި ދިމާކޮށް ހަޑިހުތުރު ބަސްތައް ގަވާހެދީ ކާކުތޯ ”ސަންގު“ އިން ސުވާލު ކުރުމުން އެމަނިކުފާން ވިދާޅުވީ އެމަނިކުފާނާއި ދިމާކޮށް ހަޑިހުތު ބަސްތަކުން ހަޅާތްލަވައި ހެދީ ޖައުފަރު ކިޔާ މީހެއް ކަމަށް އެ ސަރަހައްދުގައި ހުންނެވި ގާތް އެކުވެރިއަކު ވިދާޅުވި ކަމަށެވެ. އަދި އެ މީހަކީ ކާކުކަން ފުލުހުންނަށް ވެސް އެނގޭނެ ކަމަށް ޑރ ވަހީދު ވިދާޅުވިއެވެ. 

ހަމަލާއާއި ގުޅިގެން ރައީސް ވަހީދުގެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މިއަދުގެ ހެނދުނު 06:30 ހާއިރު ރައީސް ވަހީދުއާއި އެމަނިކުފާނުގެ އަނބިކަބަލުން އިލްހާމް އަހުމަދުއަށް ހަމަލާ ދިން މީހާ، އެ ދެކަނބަލުންގެ ފަހަތުން ބަހުގެ ހަމަލާތައް ދެމުން ދިޔަ ކަމަށެވެ. އަދި ތަފާތު އެކި ބަސްތައް ބޭނުން ކުރަމުން ދިޔަ ކަމަށެވެ.

https://twitter.com/DrWaheedH/status/1272044700124483585

ބަޔާނުގައި ބުނެފައިވަނީ، ރައީސް ވަހީދުގެ ދެކނަބަލުންނަށް ހަމަލާ ދިން މީހަކީ، އެމްޑީޕީއާއި ގުޅުން އޮންނަ މީހެއް ކަމަށެވެ. އަދި އޭނާގެ އެ އަމަލުތަކާއި އެކު އެވަގުތު އެތަނަށް ހާޒިރުވެތިބި އެމްއެންޑީއެފްގެ ސެކިއުރިޓީން ވަގުތުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސް ރިޕޯޓު ކުރި ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، އެ މީހާ ހުރީ ދެކަނބަލުންގެ ގަޔަށް އަތް ލެވޭހާ ކައިރީގައި ކަމަށެވެ. އެވަގުތު އެތަނުގައި އެމްއެންޑީއެފްގެ ސެކިއުރިޓީން ތިބުމާއި އެކު، އޭނާއަށް އެވެސް ހަމަލައެއް ނުދެވުނުކަމަށެވެ. އެހެން ނަމަވެސް، ހަމަލާ ދިނުމުގެ ނިޔަތުގައި އޭނާ ހަޑިހުތުރު ބަސްތައް ބޭނުންކޮށް، ދިމާކުރަން އުޅުނުކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބާޔާނުގައި ބުނެފައި މުޖްތަމައުގެ ތެރޭގައި ބަޔަކާއި މެދު ނުބައި ތަސައްވުރެއް އުފައްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ތަފާތު ކުރުން ގެންގުޅުމާއި، ގޯސް ތަސައްވުރެއް ގެންގުޅުން މިއީ މިއަދުގެ މުޖްތަމައުގެ ތެރެއިން ދޫކޮށްލަން ޖެހޭ ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: