ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު އީސަ މަސައްކަތް ކުރައްވަނީ ވިޔަފާރިވެރިންގެ މަސްލަހަތު އިސްކުރައްވައިގެން: ޓީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤަށްވުރެ ބޮޑަށް ވިޔަފާރިވެރިންގެ މަސްލަހަތު އިސްކޮށްގެން، ވަޒީފާ އާއި ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ މަސައްކަތް ކުރައްވާކަން ފާހަގަކުރެވޭ ކަމަށް ޓޫރިޒަމް އެމްޕްލޯޔަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ބުނެފިއެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު ވިދާޅުވީ ވަޒީފާބެހޭ ޤާނޫނަށް ގެންނަން ހިމަނާފައިވާ އިސްލާހުތަކުގައި އެތައް ކަންބޮޑުވުންތަކެއްވަނިކޮށް އީސަ ފަދަ ބޭފުޅަކު އެ ބިލް މަޖިލީހަށް ހުށަހެޅުއްވުމުން ވަރަށް ކަންބޮޑުވި ކަމަށެވެ.

މައުރޫފް ވިދާޅުވީ އީސަ މިވަގުތު ހުންނެވީ، އެންމެ ފުރަތަމަ މަސައްކަތްތެރިންގެ ޙައްގުގައި މަސައްކަތްތައް ފަށައިގެންއިރު، އޭނާ ހުންނެވި ސްޓޭންޑަކު ނޫން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި މިވަގުތު އީސާ އިސަ އިސްކުރައްވަނީ މަސައްކަތްތެރިންނަށްވުރެ ބޮޑަށް ވަޒީފާ ދޭ ފަރާތާއި ސަރުކާރުގެ އިތުރުން ވިޔަފާރިވެރިންގެ މަސްލަހަތު ކަމަށް މައުރޫފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމާއެކު ޓީމްގެ ހުރިހާ ކަމަކުން އީސާ ދުރައްޖެހިވަޑައިގެން ކަމަށާއި އީސަ އިސްތިއުފާ ދެއްވި ނަމަވެސް އެފަދަ ބޭފުޅަކު މަސައްކަތްތެރިންގެ ޙައްދުތައް ގެއްލޭފަދަ ބިލެއް ހުށަހެޅުމަކީ ޓީމުގެ ފަރާތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

”އަޅުގަނޑުމެން އީސާއަށް ގޮވާލަން އެ ބިލުގައި ހުރި ކަންކަން އިސްލާހު ކޮށްދެއްވާށޭ، މިއަދު މަޖިލީހުގައި ހުންނަވައިގެން އީސަ ފަދަ ބޭފުޅަކު އެކަހަލަ ބިލެއް ހުށަހެޅުމަކީ އެއްގޮތަށްވެސް ކޮށްގެންވާނެ ކަމެއްނޫން، އެއީ ރާއްޖޭގެ މަސައްކަތްތެރިންގެ ގައިގައި ކޮޅުފައިން ޖެހުން ކަހަލަ ކަމެއް“ މައުރޫފް

މައުރޫފް އިތުރަށް ވިދާޅުވީ މަސައްކަތްތެރިންނާއި ނުވަތަ އެނޫންވެސް އަސާސީ ކަންކަމާއި ގުޅޭ ޤާނޫނުތަކާއި ބިލުތައް ބައެއް ފަހަރު ފަރުމާކުރެވިގެން އަންނަނީ ރާއްޖޭގައި ތިބި މަދު މަހުޖަނުންކޮޅެއްގެވެސް ނުފޫސް އޮވެގެން ކަމަށެވެ. އަދި އެކަންކުރަނީ މަދު ވިޔަފާރިން ކޮޅަކާއި އެނޫންވެސް ބަޔެއްގެ ފައިދާއަށް ކަމަށް މައުރޫފް ވިދާޅުވިއެވެ.

ގިނަ ފަހަރަށް އެގޮތަށް ކަންކަން ވިޔަސް މިހާރު ހުރިހާ ކަމެއް މަހުޖަނުން ބޭނުންވާ ގޮތަށް ހިނގައިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. އެއަށްވުރެ ބޮޑަށް މިހާރު ދިވެހިރައްޔިތުންނާއި މަސައްކަތްތެރިންވެސް ހޭލުންތެރިވެއްޖެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ މަސައްކަތްތެރިންގެ މަސައްކަތުން އެމީހުންނަށް ކުރިން ނުލިބިހުރި އެތަކެއް ޙައްގުތައް ކަށަވަރުވެފައިވާ ކަމަށާއި، މަސައްކަތްތެރިން އެއްބައިވެ އެކައްޗެއް ކިޔައިފި ނަމަ ކުރިއަށް އޮތްތަނުގައި މިހާރު އިސްލާހުކުރަން ހުށަހަޅާފައިވާ ޤާނޫނުގައި ހުރި ކަންބޮޑުވުންތަކަށްވެސް ޙައްލު ހޯދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: