ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވަޙީދުގެ ދެކަނބަލުންނަށް މިއަދު ދެވުނު ހަމަލާއަކީ، އެމްޑީޕީން ރާވައިގެން ދީފައިވާ ހަމަލާއެއް: އިދިކޮޅު ކޯލިޝަން

ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޑރ.މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ދެކަނބަލުންނަށް މިއަދު ދެވުނު ހަމަލާއަކީ، އެމްޑީޕީން ރާވައިގެން ދީފައިވާ ހަމަލާއެއްކަމަށް ދެކޭކަމަށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައި މިވަނީ، އެ ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ދެކަނބަލުން، މިއަދުގެ ފަތިހުގައި ކަސްރަތުކުރައްވަން ނިކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓެއް އެ ދެކަނބަލުންނާއި ދިމާކޮށް ހަޑިހުތުރުބަހުން އެއްޗެހިކިޔާ ހަމަލާދޭން އުޅުނު މައްސަލައާއިގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ، މިފަދަ ޢަމަލުތަލަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް ރޭވިގެން ކުރެވެމުން އަންނަ ޢަމަލުތަކެއްކަމަށާއި، ސިޔާސީގޮތުން ސަރުކާރާއި ޚިޔާލު ތަފާތު ފަރާތްތަކަށް، ތަފާތު ގޮތްގޮތަށް ދިމާކޮށް ހަމަލާތައް އަމާޒުކުރަމުންދާކަމަށް ފާހަގަކުރެވޭކަމަށެވެ.

މި ގޮތުން، ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ދެކަނބަލުންނަށް ދެވުނު ހަމަލާ ދިފާއުކޮށް އެމްޑީޕީން ވާހަކަދައްކަމުން ގެންދާތީ، މި ހަމަލާއަކީ ވެސް މި ރޭވުމުގެ ދަށުން ކޮށްފައިވާ ކަމެއްކަމަށް ދެކޭކަމަށް އިދިކޮޅުން ބުނެއެވެ.

މީގެ އިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ނުޙައްޤުން ޖަލަށްލުމާއި، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް މަޖިލީހުގައި ދެވުނު ހަމަލާއާއި، ކުރީގެ ހައުސިން މިނިސްޓަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ފުލުހަށް ހާޒިރުކުރުމަކީ ވެސް މި ރޭވުމުގެތެރޭގައި ހިމެނޭ ޢަމަލުތައްކަމަށް ފާހަގަކޮށްފައިވެއެވެ.

އަދި ކުރީގެ ރައީސުންނަށް ދޭންޖެހޭ ހިމާޔަތާއި، ރައްކާތެރިކަން ދިނުމުގައި ދަޢުލަތުން ފަރުވާކުޑަނުކުރުމަށާއި، އެ ކަމަށް ކަނޑައެޅިފައިވާ ފަރާތްތަކުގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށާއި، މި ފަދަ ޢަމަލުތައް ތަކުރާރުނުވާނެހެން ކަންކަން އިންތިޒާމުކުރުމަށް އިދިކޮޅުންވަނީ ސަރުކާރަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: