ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރުކޮށް، އެމްޓީސީސީން މިއަދު ޚިދުމަތްދޭން ފަށައިފި

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީން ފޯރުކޮށްދެމުން އަންނަ ދަތުރުފަތުރުގެ ޚިދުމަތްތަކަށް ގެނައިބަދަލަށްފަހު، އަލުން ދަތުރުތައް އިތުރުކޮށް، ޚިދުމަތްދޭން މިއަދު ފަށައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، މިއަދުން ފެށިގެން ލުއިތަކެއްދޭން ސަރުކާރުންވަނީ ނިންމާފައެވެ. މި ގޮތުން، މި ލުއިތަކާއެކު އެމްޓީސީސީން ދެމުން އަންނަ ފެރީގެ ޚިދުމަތްތަކާއި، ބަސްދަތުރުގެ ޚިދުމަތްތައް ވަނީ އިތުރުކޮށްފައެވެ.

މި ގޮތުން، ބަންދު ދުވަސްތައް ފިޔަވައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް، ވިލިމާލެއާއި މާލެއާދޭތެރޭ ކުރާ ފުރަތަމަ ދަތުރުކުރާނީ، ހެނދުނު 5:45 އިން ފެށިގެންކަމަށާއި، މި ދަތުރުތައް މެންދަމު 1:00 އާއި ހަމައަށް އޮންނާނެކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މި ގޮތުން، ކޮންމެ 15 މިނެޓަކުން، ދަތުރެއްކުރާނެކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ. ނަމަވެސް، ރޭގަނޑުގެ 10:00 އަށްފަހު ދަތުރުކުރެވޭނީ، އެ ކަމުގެ ހުއްދަ ލިބިފައިވާ މީހުންނަށް އެކަނި ކަމަށް ވެސް އެމްޓީސީސީން ހާމަކުރެއެވެ.

މީގެ އިތުރުން، ހުޅުމާލޭ ޕްރިމިއަމް ފެރީ އޮންނާނީ، ހެނދުނު 6:00 އިން ފެށިގެން، ރޭގަނޑު 21:30 އާއި ހަމައަށްކަމަށާއި، ހުކުރުދުވަހުގައި ހުޅުމާލެއިން މާލެއަށްކުރާ އެންމެ ފަހު ދަތުރު އޮންނާނީ، 20:30 ގައިކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ހާމަކުރިގޮތުގައި، ހުޅުމާލެއާއި މާލެއާއި ދޭތެރޭކުރެވޭ ދަތުރުތައް އޮންނާނީ ކޮންމެ 30 މިނެޓަކުންކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ހަމައެއާއެކު ހުޅުމާލޭގެ ބަސްދަތުރުތައް ވެސް، ފަތިހު 5:30 އިން ފެށިގެން، ރޭގަނޑު 21:55 އާއި ދެމެދު އޮންނާނެކަމަށާއި، ހުޅުމާލެއާއި، އެއަރޕޯޓާއި ދޭތެރޭކުރާ ދަތުރުތައް ފަތިހު 5:30 އިން ފެށިގެން، މެންދަމު 00:30 އާއި ހަމައަށް އޮންނާނެކަމަށް އެމްޓީސީސީން ބުނެއެވެ. މި ގޮތުން މި ދަތުރުތައް ވެސް ކޮންމެ 30 މިނެޓަކުން އޮންނާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އޭގެ އިތުރުން، ތިލަފުށްޓާއި މާލެއާއި ދެމެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެރީ ދަތުރުތައް، ހެނދުނު 7:30 އިން ފަށާނެކަމަށާއި، މި ދަތުރުތައް ރޭގަނޑު 10:00 އާއި ހަމައަށް އޮންނާނެކަމަށް އެމްޓީސީސީން ބުނެއެވެ. ނަމަވެސް ރޭގަނޑު 22:00 ގެ ފަހުން ތިލަފުށިން، މާލެއަށް ދަތުރުކުރެވޭނީ ހުއްދަ އޮންނަ ފަރާތްތަކަށް އެކަނިކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ހަމައެހެންމެ ގުޅީފަޅާއި މާލެއާއި ދެމެދުގައި ބާއްވާ ފެރީ ދަތުރުތައް، ހެނދުނު 07:15 އިން ފެށިގެން، ރޭގަނޑު 21:00 އާއި ހަމައަށް އޮންނާނެކަމަށް ވެސް އެމްޓީސީސީން ހާމަކޮށްފައިވެއެވެ. އަދި އަތޮޅުތަކުގައި ކުރަމުންއައި ފެރީގެ ދަތުރުތައް ވެސް މިއަދު ފަށާނެކަމަށް އެ ކުންފުނިން ބުނެެއެވެ.

ކޮވިޑް-19 އިގެ މި ދަނޑިވަޅުގައި ސަރުކާރުން ދީފައިވާ ލުއިތަކާއެކު އެމްޓީސީސީން ދަތުރުތައް އިތުރުކޮށް، ޚިދުމަތްދޭން ފަށާފައިވާއިރު، އެ ކުންފުނިންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ވެސް ދީފައެވެ. މި ގޮތުން، ދަތުރުކުރާ ފަރާތްތަކުން، މާސްކް އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: