ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ރައީސް ވަހީދުއަށް ބާޣީއަށް ގޮވަން ރައީސް ނަޝީދު ތާއިދު

ރައީސް ނަޝީދު އަދި ރައީސް ވަހީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސުލްޖުމްހޫރީއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކްއަށް ”ބާޣީ“ އަށް ގޮވަން ތާއިދު ކުރައްވައި ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ޓުވިޓް ކުރައްވައިފިއެވެ. 

2008 ވަނަ އަހަރު ގާއިމް ކުރެވުނު އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދުގެ ނައިބް ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު ރައީސް ނަޝީދު ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން ވެރިކަމުގެ ބާކީ އޮތް ބައި ފުރތިހަމަ ކުރައްވާފައި ވަނީ ޑރ ވަހީދުއެވެ. 

އެމްޑީޕީއާއި ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުގައި ޑރ. ވަހީދު ވެރިކަމަށް ވަޑައިގެންނެވީ ބަޣީވާތެއް ކުރެއްވުމަށް ފަހުއެވެ. 

އާދީއްތަ ދުވަހު ހެނދުނު ރައީސް ވަހީދުއާއި އެމަނިކުފާންގެ އަނބިކަނބަލުން އިލްހާމް އަހުމަދު ކަސްރަތު ކުރައްވަން ނިކުމެ ވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ފުރައްސާރަކޮށް ހަޑިހުތުރު ބަހުރުވައިގެން އެއްޗިހި ގޮވާ ހެދި ކަމަށް ވިދާޅުވެ ރައީސް ވަހީދު ވަނީ ތުޥިޓް ކުރައްވާފައެވެ. އަދި އެ މައްސަލަ ރައީސް ވަނީދު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. 

އެކަމާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ 2012 ވަނަ އަހަރު އެމަނިކުފާންގެ ވެރިކަން ބަޢާވާތަކުން ބަދަލުކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމް ޑރ ވަހީދު ފުރައްވާފައި ވަނީ އިންިހާބަކާ ނުލައި ކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ދެކޭ ކަމަސް އެމަނިކުފާން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެން ކަމުން ރައީސް ނަޝީދު ފެނުމުން ވަރަށް ގިނަ ދިވެހިންނަށް ރައީސް ވަހީދުއާ ދިމާއަށް ބާޣީއޭ ގޮވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

https://twitter.com/MohamedNasheed/status/1272204051283771392

ރައީސް ވަހީދުއަށް ފުރައްސާރަ ކުރި މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި، އިބްރާހިމް ޖައުފަރުއާއި ދެމެދު ދިޔައީ ބަހުގެ ރައްދުތަކެއް ކަމަށާއި، އެންމެ ފުރަތަމަ ޖައުފަރާއި ވަނަމުން މުހާތަބު ކުރެއްވީ ރައީސް ވަހީދުކަމަށެވެ. 

އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިބްރާހިމް ޖައުފަރުއަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވެ ފޮޓޯތައް ނަގާ، އަދި އިސްލާހީ ހަރަކާތުގައި ބައިވެރިވަމުން އައި މީހެއް ކަމަށެވެ. އަދި ޖައުފަރު ރައީސް ވަހީދުއަށް ހަމަލާދިންކަމަށް ބުނެ، އެމަނިކުފާނު ދައްކަވާ ވާހަކަތައް ކުށްވެރި ކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: