ކޮރޯނާ ވައިރަހާއި ގުޅިގެން މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލަން ނިންމައިފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭ ނެރުއްވި އެންގުމެއްގައި ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު އެންގުމުގައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން ބާތިލުވާނެ ކަމަށެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު އެންގުމުގައި ވަނީ ޒަރޫރީ ބޭނުންތަކަށާއި ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރުމަށް އަންގާފައެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

