ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަން ފަދަ ކުށްތައް އިތުރުވާނެ! ސަމާލުވާތި!

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންއަށް ލުއި ދިނުމަށްފަހު އަލުން ހުޅުވާލާއިރު، ކުށްކުރާ އަދަދު އިތުރުވެގެންދާނެކަމަށާއި އެކަންކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓަންތް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ލޮކްޑައުންގައި އޮތްއިރު ކުށްކުރާ މިންވަރު ވަރަށް ބޮޑަށް ދަަށްވެފައިވާ ކަމަށެވެ. އެހެންނަމަވެސް، ދެވޭ ދޫތަކާއިއެކު އެކަންކަމަށް ބަދަލު އަންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ވައްކަންފަދަ ކުށްކުރާ މިންވަރު އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، އަގުހުރި މުދަލަށް ސަމާލުވުމަށް ހުރިހާ ރައްޔިތުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އާންމު ގޮތެއްގައި، އެންމެ ގިނައިން ވައްކަންކުރާ މުދަލަކީ ފޯނުކަމަށާއި، ފޯނު، ތަޅުދަނޑި އަދި ވޮލެޓުފަދަ ތަކެއްޗަށް ސަމާލުވުމަށް އިލްތިމާސްކުރެެއްވިއެވެ. އަދި ކުޑަދޮރުތައް ރަަނގަޅަށް ތަޅުލާފައި ބެހެއްޓުމަށާއި ވައްކަންކުރުމުގެ ފުރުސަތުތަައް ކުޑަވާނެ ފަދަ ގޮތަކަށް ކަންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ނަވީން ވިދާޅުވީ، ލޮކްޑައުންއަށް ދެވުނު ލުއިތަކާއެކު ފުލުހުންގެ މަސައްކަތްތަކަށްވެސް ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން، ޖޫރިމަނާ ކުރުމާއި ހައްޔަރުކުރުންފަދަ ކަންކަން މީގެ ފަހުން ނުކުރާނެ ކަމަށާއި އެހެންނަމަވެސް ކަންކަން މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. ނަވީން ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ދެން ކުރިއަށްދާނީ ރިޕޯޓިންގ ބެކް މެކޭނިޒްމެއްގެ ދަށުން ކަމަށެވެ. އެގޮތުން ފުލުހުންނަށް ފާހަގަކުރެވޭ ކަންކަން އެޗްޕީއޭއަށް ރިޕޯޓުކުރަމުންގެންދާނެ ކަމަށެވެ.

ނަވީން ވިދާޅުވީ، އާންމުކޮށް މީހުން އެއްވާ ސަރަހައްދުތައް ފާހަގަކުރަމުންދާނެ ކަމަށާއި، އަދި އެމައުލޫމާތުތައް އެޗްޕީއޭއަށް ހިއްސާކުރަމުންދާނެ ކަމަށެވެ. އަދި އެސަރަހައްދުތަކަށް އެއްވަނީ ކޮން އުމުރުފުރައެއްގެ ކޮންބައެއްތޯ ބަލަމުންދާނެ ކަމަށެވެ.

ނަވީން ވަނީ މިހަލަތުގައި އާންމުންގެ އެއްބާރުލުން ވަރަށް މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފުލުހުންނަށް ރިޕޯޓްކުރަންޖެހޭފަދަ ކަމެއް ފާހަގަވެއްޖެނަމަ އެކަމެއް އަވަހަށް ރިޕޯޓުކުރުމަށް ނަވީން ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: