ކޮވިޑް-19 އަށް އިތުރު 30 މީހަކު ޕޮޒިޓިވްވެފައިވާކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރިޕޯޓުކޮށްފިއެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 30 ޕޮޒިޓިވްވެފައިވާކަމަށެވެ.
އެއީ، 16 ދިވެހިންނާއި، ބަންގްލަދޭޝްގެ 13 މީހުންނާއި، ނޭޕާލްގެ މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި 30 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރުވަނީ، 2065 އަރާފައެވެ. ނަމަވެސް، ރާއްޖޭގައި ކޮވިޑް ޖެހިފައި ރަނގަޅުނުވެ ތިބީ 515 މީހުންނެވެ. މީގެ އިތުރުން، މި ވައިރަސް ޖެހުނު މީހުންގެތެރެއިން، 229 މީހަކު ރަނގަޅުވެ، ޖުމްލަ އަދަދު ވަނީ، 1540 އަށް ހަމައަށް އަރާފައެވެ.

