ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރުސަތު ލިބިއްޖެނަމަ ހައްޖަށް މީޙުން ފޮނުވާނަން: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރ ޑރ ޒާހިރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖަށް މީހުން ގެންދިޔުމަށް އެންމެފަހު ވަގުތު ރާއްޖެއަށް ފުރުސަތު ލިބުނަސް ދިވެހިން ހައްޖަށް ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ސައުދީ ސަރުކާރުން މިހާތަނަށް ހައްޖާއި ގުޅޭ ގޮތުން އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ހައްޖަށް މިހުން. ގެންދިއުމުގެ ފުރުސަތު ލިބިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. 

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ އެންމެފަހު ވަގުތު ވެސް ސައުދީ ސަރުކާރުން ހައްޖަށް މީހުން ގެންދިޔުމުގެ ފުރުސަތު ހުޅުވާލައިފިނަމަ، ހައްޖަށް ދިވެހިންނަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ކޮންމެ އަަހަރު ދެ މިލިއަނެއްހާ މީހުންނަށް ހައްޖުވާނެ ފުރުސަތު ސައުދީން ދިން ނަމަވެސް މިއަހަރު އެ އަދަދު 270،000 އަށް މަދު ކުރަން ވަނީ ނިންމާފަ އެވެ. އަދި ހައްޖަށްދާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކެއް ކަނޑައަޅާ ވަކި އުމުރެއްގެ ބަޔަކަށް ނޫނީ މިއަހަރު ހައްޖަށް ނުދެވޭ ގޮތަށް ބަދަލު ކުރުމަށް ވެސް މަޝްވަރާ ކޮށްފައި ވެއެވެ.

ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ސައުދީން އަދި ރަސްމީކޮށް ނިންމުމެއް ނިންމާފައި ނުވާއިރު، މިދިޔަ މަހު ކުރީކޮޅު އެގައުމުން ވަނީ މި އަހަރުގެ ހައްޖުގެ ތައްޔާރީތައް އަދި ނުވުމަށް ގައުމުތަކަށް އަންގާފައެވެ.
 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: