ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހުގެ 01 ދުވަހުގެރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގި ކަންކަން ތަޙްޤީޤުކުރުމަށް ސުލޫކީ ކޮމިޓީއަށް ފޮނުވައިފި

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނު އަސާސީ އިސްލާހުކުރުމަށް މި މަހުގެ 1 ވަނަ ދުވަހުގެރޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހިނގައިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމަށް އަނިޔާލިބިވަޑައިގަތް މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒުތަކާާއި، ސުލޫކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ ބެލުމަށް ސުލޫކު ކޮމިޓީއަށް ފޮނުވާފައި މިވަނީ، ޝިޔާމަށް އަނިޔާކުރެއްވުމުގައި ބައިވެރިވި މެންބަރުން ހޯދައި، އެ ކަން ތަޙުޤީޤުކޮށްދިނުމަށް އެދި އިދިކޮޅު ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގރ މެންބަރު އަޙްމަދު ޞަލީމް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވުމާއި ގުޅިގެންނެވެ.

މި ގޮތުން، މި މައްސަލަ ދިރާސާކުރުމަށްޓަކައި، މިއަދު މެންދުރުފަހު 14:30 އަށް ވަނީ، ސުލޫކު ކޮމިޓީގެ ބައްދަލުވުމެެއް ތާވަލުކޮށްފައެވެ.

މެންބަރު ޝިޔާމްގެ އަނިޔާކުރި މައްސަލަ ދިރާސާކުރުމުގެ ބައްދަލުވުން މިއަދަށް ތާވަލްކޮށްފައިވާއިރު، ޖޫން މަހުގެ އެއްވަނަ ދުވަހުގެ ޖަލްސާއަށްފަހު، އިދިކޮޅު ކޯލިޝަންގެ މެންބަރުން ގެންދަވަނީ، މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވެ، އެ ކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދުވަނީ، އެ ބޭފުޅުންގެ އަރިހުން ޖަލްސާއަށް ހާޒިރުވުމަށް އެދިވަޑައިގަންނަވާފައެވެ. އޭގެ އިތުރުން، ހޯމަދުވަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ޖޫން އެއްވަނަ ދުވަހުގެރޭގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގެ ވީޑިއޯ ތަޙުޤީޤުކުރުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އިންސާފުވެރިކަމާއެކު އެ މައްސަލަ ތަޙުޤީޤުކުރައްވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށާއި، ރާއްޖޭގެ ޤާނުނުއަސާާސީ މިނިސްޓަރު އިމްރާނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އިމްރާނުގެ ޤާބިލްކަމަކީ އެއްވެސް އިރެއްގައި އޮޅިވަަޑައިގެންފައިވާ ކަމެއްނޫންކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، މި މަހުގެ 01 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި، ރައީސް ނަޝީދު ވަނީ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މަޖިލީހުގެ ޤަވާއިދާއި ޚިލާފުވެވަޑައިގަތްކަމަށް ވިދާޅުވެ ޝިޔާމްގެ ނަން އިއްވައި، މަޖިލީހުން ބޭރަށް ނިކުމެވަޑައިގަންނަވަން އަންގަވާފައެވެ. އަދި ޖަލްސާގައި މަޖިލީހުގެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް އަމާޒުކުރައްވައި، އެއް މެންބަރަކު އަނެއް މެންބަރަކަށް ހަޑިހުތުރުބަހުން މުޢާމަލާތްކުރައްވައި، އެއްވެސް ގައިދުރުކަމެއްނެތި، މަޖިލީހުގެ ކަރާމާތް ގެއްލުވާލައްވައި ހަމަނުޖެހުންތައް ހިންގަވާ މަންޒަރުތައް ފެންނަ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގެތެރޭގައި ދައުރުވެގެން ގޮސްފައެވެ. އެ ވީޑިއޯތަކުން ފެންނަގޮތުގައި ބައެއް މެންބަރުންނަށް އެކިވަރުގެ އަނިޔާލިބިވަޑައިގެންފައިވާ މަންޒަރު ވެސް ފެނިގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: