ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިލުތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމަކީ ކޮންމެހެން ދޭންޖެހޭ ފަރުވާއެއް: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މުޅި ރާއްޖޭގައި މަޝްވަރާ ކުރުމަކީ ކޮންމެހެން ދޭންޖެހޭ ފަރުވާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހުރި މަސައްކަތްތަކުގެ ތެރެއިން މުހިންމު 5 ބިލަކަށް ފުޅާދާއިރާއެއްގައި އާންމުންގެ ޚިޔާލު ހޯދަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ބިލާއި އިންތިގާލީ އިންސާފުގެ ބިލާއި މިނިމަމް ވޭޖާއި ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުގެ ބިލާއި މަތީ ތައުލީމުގެ ބިލުގެ އިތުރުން ބޯހިޔާވަހިކަމާ ގުޅޭ ގޮތުން މަޖީލީހުންކުރާ މަސައްކަތަށް ވެސް އާއްމުންގެ މަޝްވަރާ ބޭނުންވާ ކަމަށެވެ.

މި ބިލުތަކުގެ ތެރެއިން މުޅި ރާއްޖޭގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރައީސް ނަޝީދު އިރުޝާދު ދެއްވީ އިންތިޤާލީ އިންސާފުގެ ބިލަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ބިލަށް މުޅި ރާއްޖޭގައި މަޝްވަރާ ކުރުމަކީ ކޮންމެހެން ދޭންޖެހޭ ފަރުވާއެއް ކަމަށެވެ.

”މަޖިލީހުގެ ގަވައިދު ވަރަށް ބޮޑަށް އެބަ ބުނޭ އާއްްމުންނާ މަޝްވަރާ ކުރުމަށް، އަޅުގަނޑު ދެކޭ ގޮތުގައި އިންތިގާލީ އިންސާފުގެ މަޝްވަރާ މުޅި ރާއްޖޭގައި ކުރުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ދޭން ޖެހޭ ފަރުވާއެއް ހަމަ ގައިމު ވެސް އަޅުގަނޑު މިހާރު އެބަ ދެކެން“ ރައީސް ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޝްވަރާ ހޯދުމަށް މަޖިލީހުގެ އިދާރާގައި ޕެނަލް ޑިސްކަޝަންތައް ބޭއްވިދާނެ ކަމަށާއި ނުވަތަ ކަމާ ބެހޭ މާހިރުންގެ ހިޔާލާއި އާއްމުންގެ ހިޔާލު އެކުއެކީގައި ލިބޭ ގޮތަށް ހިޔާލުފާޅުކުރުމުގެ ބައްދަލުވުންތައް ބާއްވައި ކަމާ ބެހޭ ތަޖުރިބާކާރުންނަށް މަޖިލީހުގައި ތަޤްރީރު ކުރުމުގެ ފުރަސަތު ދެވިދާނެ ކަމަށެވެ. އޭގެ އިތުރުން ދާއިރާތަކުގެ މެމްބަރުންނަށް ރަށްރށުގައިވެސް މަޝްވަރާތައް ބޭއްވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ބިލަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭ ބިލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެ ބިލަށް މަޝްވަރާ ހޯދާއިރު ފުލުހުންގެ ކުރީގެ ވެރިންނާއި އާއްމުން ބައިވެރިކޮށް ތަފާތު ހިޔާލު ނުކުންނާނެ ގޮތަކަށް ކުރިއަށް ގެންދަންޖެހެއެވެ.

ދެހާސް ބާރަވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ބަދަލުވީ ގޮތް އާންމުން ހަނދާން ނެތިފައިވީ ނަމަވެސް އެކަމާ ގުޅޭ ކަމެއް ދިމާވުމުން އެ ވާހަކަތައް ހަނދާން ހުންނަ ކަން އެނގިވަޑައިގެންފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަންކަމަށް އިންސާފު ލިބެން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: