ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އަށް އިތުރު 29 މީހަކު ޕޮޒިޓިވްވެއްޖެ

ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް އިތުރު 29 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ހޯމަދުވަހުގެ 18:00 އިން، މިއަދުގެ 18:00 އަށް، ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 29 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ.  

ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ، ދިވެއްސެއްގެ އިތުރުން، ބަންގްލަދޭޝްގެ 15 މީހުންނާއި، ނޭޕާލްގެ 09 މީހުންނާއި، އިންޑިއާގެ 02 މީހުންނާއި، ޕިލިޕީންސް މީހެއްގެ އިތުރުން، އިތުރު އެކަކު ހިމެނެއެވެ. ނަމަވެސް މިއީ ކޮން ޤައުމެއްގެ މީހެއްކަމެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މި 29 މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް މިވަނީ، 2094 އަރާފައިވާއިރު، ބައްޔަށް ފަރުވާ ހޯދަމުންއައި 130 މީހަކު ރަނގަޅުވެ، ޖުމްލަ ރަނގަޅުވި މީހުންގެ އަދަދުވަނީ، 1670 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: