ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމަށް ”ޓީޗަރ ލައިސްންސް“ މުހިންމު: ޢާއިޝަތު ޢަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމަށް ”ޓީޗަރ ލައިސްންސް“ މުހިންމުކަމަށް އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޢާއިޝަތު ޢަލީ މިހެން ވިދާޅުވެފައިވަނީ، ތަޢުލީމުގެ ބިލާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ގޮތުން ތަޢުލީމާއި ބެހޭ ބިލަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވީ އުނގަންނައިދިނުމުގެ ފެންވަރު ދެމެހެއްޓޭނީ، ރަނގަޅު ފެންވަރެއްގެ ޓިޗަރުން ގެނެސްގެން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވީ، އެ ފެންވަރު ދެމެހެއްޓުމަށްޓަކައި، ޓީޗަރުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ހުންނަންޖެހޭކަމަށް އޮތަސް، ހުރިހައި ޓިޗަރުންނަކީ އެ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައި ތިބި ބައެއް ނޫންކަމަށާއި، މި ދަނޑިވަޅުގައި ވަގުތީ ޓީޗަރުން ބޭނުންކުރަންޖެހިފައިވާ ކަމަށެވެ. އެހެންކަމުން ތަޢުލީމުގެ ބިލް އެފަދަ ގޮތަކަށް ފަރުމާކުރުމަށް މިނިސްޓަރު ޢާއިޝަތު ޢަލީ އެދިވަޑައިގަތެވެ.

މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވީ ލައިސަންސް އޮންނަންޖެހޭ ކަމަށާއި، ތަޢުލީމީދާއިރާގައި ރަނގަޅު ޤައުމުތަކުގެތެރޭގައި، ކުރިއަރާފައިވާ ޤައުމުތަކުގެތެރޭގައި ވެސް ޓީޗާރ ލައިސެންސް ބޭނުންކުރާކަމަށެވެ. އަދި ދަރިވަރުންނަށް ކިލާހަށް ވަންނަ ޓީޗަރަކީ، ކޮން ކަހަލަ ޓީޗަރެއްކަން އެނގެނީ ކިހާވަރަކަށްތޯ ބަލަންޖޭހޭ ކަމަށާއި، މުދައްރިސުންގެ ފަރާތުން މައްސަލަތަކާ ދިމާވާކަމަށް ވެސް މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

މިނިސްޓަރު ޢާއިޝަތު ޢަލީ ވަނީ، ކިޔަވައިދިނުމަށް ޚާއްސަ ލައިސަންސް ހޯދަން ބާރުއަޅުއްވާނެކަމަށް ވިދާޅުވެފައެވެ. މި ގޮތުން ކޮވިޑް-19 އިގެ މި ދަނޑިވަޅުގައި ކިޔަވައިދިނުމަށް ޓީޗަރުން ކުރި މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޢައިޝަތު ޢަލީ ވިދާޅުވީ، މި ދަނޑިވަޅުގައި ކިޔަވައިދޭން ޖެހުނީ މުޅިން އާ ގޮތަކަށްކަމަށާއި، ނަމަވެސް ޓީޗަރުން އިސްނަގައިގެން ތެދުވެ އޮންލައިންކޮށް ކިޔަވައިދިނުމަށް ތަމްރީނުވެފައިވާކަމަށެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރު ޢާއިޝަތު ޢަލީ ވަނީ، ތަޢުލީމާއި ބެހޭ ޤާނޫނުގެތެރެއަށް، ޕްރީ ސްކޫލުގެ ޤާނޫނާއި، މަތީ ތައުލީމުގެ ޤާނޫނު ވެއްދުމަށް ވެސް ތާއީދު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: