ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހުގެ 16 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމަށް މަޝްވަރާކުރެވިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އިސްތިއުފާދެއްވި ރައީސް މުޙައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން މާޗުމަހުގެ 27 ވަނަ ދުވަހުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމަށް މަޝްވަރާކުރެވިފައިވާކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރިޔާސަތުގައި އިންނެވި ރައީސް ނަޝިދު ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު އަލުން ފައްޓައި، ބޯޑަރު ހުޅުވުމަށްޓަކައި ސަރުކާރުން މަސައެްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ބޯޑަރު ހުޅުވާނެ ސީދާ ވަކި ތާރީޚެއްގެ ޔަޤީންކަން ނެތްކަމުގައިވިޔަސް މަޝްވަރާކުރެވެމުން ދަނީ، އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހު ބޯޑަރު ހުޅުވުމަށްޓަކައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބޯޑަރު ހުޅުވާލައި، އިޤުތިޞާދު ހުޅުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އޮތީ، ނިއުނޯމަލްގައި ޚިދުމަތް ފޯރުކޮށްދެވޭވަރަށް ތައްޔާރަށްކަމަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް( އެމްއޭސީއެލް) އިން ވަނީ ބުނެފައެވެ. މި ގޮތުން، ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ގެ ބައްދަަލުމުގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްްޓަރު މޫސާ ޞާލިޙު ވަނީ ފްލައިޓެއް ޖައްސާތާ 20 މިނިޓުގެތެރޭގައި، އެ ފްލައިޓެއްގެ ކަންތައްތައް ހަމަޖެއްސުމުގެ ޤާބިލުކަން، އެ ކުންފުނީގައި އެބަހުރިކަމަށް ވިދާޅުވެފައެވެ. ޞާލިހު ވަނީ، ރާއްޖެއަށް ދަތުރުތައް ފަށަން ބޭނުންވާ ޤައުމުތަކުގެ އެއަރލައިންތަކުން ތިބީ ވަރަށް ބޮޑު އުންމީދެއްގައިކަމަށް ވެސް ވިދާޅުވެފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ އުންމީދާއިޮ އެއްގޮތަށް، މި އަހަރުގެ ބާކީއޮތްބައިގައި، ރާއްޖެއަށް 900،000 ފަތުރުވެރިން ގެނައުމަކީ ވެސް އެމްއޭސީއެލްގެ އުންމީދެއްކަމަށް ވެސް ވިދާޅުވެފައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލައި އިޤުތިޞާދު އަލުން ހުޅުވާލުމަށް ނިންމާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިންގެ އަތުން އެއްވެސް ވަރެއްގެ ޓެކްސްއެއް އަދި ފީއެއް ވެސް ނުނަގާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް، މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލާވާލާފައިވާ ގައިޑްލައިނުގައި ފަތުރުވެރިކަން އަލުން ފަށައިގަނެ ފަތުރުވެރިން ރާއްޖެ ގެންނައިރު، ޚާއްސަ ހުއްދަތަކުގެދަށުން ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކާއި، ޗާޓަރ ފްލައިޓްތައް ޖެއްސުމުގެ ފީއެއްގެގޮތުގައި، 50،000 ޑޮލަރު ނަގަންވަނީ ނިންމާފައެވެ. މީގެ އިތުރުން ޚާއްސަ ފީއެއްގެ ގޮތުގައި ފަތުރުވެރިންގެ އަތުން 100 ޑޮލަރު ނެގުމަށާއި، ކޮވިޑް-19 އަށް ޓެސްޓުކުރުމަށްޓަކައި، ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރު ނަގާގޮތަށް ވެސްވަނީ ހަމަޖެހިފައެވެ. ނަމަވެސް މަޖިލީހުން ގެނައި ބަދަލުތަކާއެކު މި ފީތައް ނުނަގާގޮތަށް ވަޏީ ހަމަޖައްސާފައެވެ. އެގޮތުންމަޖިލީހުގައި ވާހަކަދެއްކެވި ބައެއް މެންބަރުން ވަނީ، ރާއްޖޭގެ އިޤުތިޞަދު އަލުން ހުޅުވާލާއިރު، ފަތުރުވެރިންގެ އަތުން އިތުރު ޓެކްސްތައް ނެގުމަކީ އެދެވިގެންވާގޮތެއް ނޫންކަމަށް ވިދާޅުވެ، މި ދަނޑިވަޅުގައި އެންމެ އިސްކަމެއްދޭންވީ އިޤުތިޞާދު އަވަހަށް ފެށޭނެ ގޮތެއް އިންތިޒާމުކޮށް، ޢާމްދަނީ ވަންނާނެ ގޮތްތައް ހޯދުންކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: