ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެކި ނުލިބި މައްސަލަތައް ކުރިޔަށް ގެންދެވެން ނެތް ކަމަށް ސިޓީގައި ބުނެފައި ނުވާނެ: މަރު ކޮމިޝަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ހެއްލެއް ލިބެން ނެތް ކަމަށް މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިނުވާނެ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފިއެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ހުރަސްތަކެއް އެޅިފައިވާތީ ތަހުގީގު ފުރިހަމަ ކުރެވެން ނެތް ކަމަށް ބުނެ ސިޓީއެއް ލިބިފައިވާކަމަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ސިޓީގައި، ދައުވާ ކުރެވެން އޮތީ ހަމައެކަނި މަރުތަކުގެ މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވީ މީހުންނަށް ކަމަށް ބުނެފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ ކޮމިޝަނުނަށް ދެން ލިބޭނެ އިތުރު ހެއްކެއް ނެތުމުން، ތަހުގީގު ކުރިޔަށް ގެންދެވެން ނެތްކަމަށް ސިޓީގައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ބުނީ ކޮމިޝަނުން މިހާރު ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބާއި އެކަމުގައި ހުރި ގޮންޖެހުންތައް މަޖިލީހުގެ އެދުމުގެ މަތިން ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދެން ނެތް ވާހަކަ ދަންނަވާފައިނުވާނެ ކަމަށެވެ.

https://twitter.com/DdcomMdv/status/1274996210881843200

ކޮމިޝަނުން މަރުތަކާއި ބެހޭ މައްސަލައިގައި ރިޕޯޓެއް ނެރުނެވެ. އަދި މަޖިލީހާއި ހިއްސާކުރި އެ ރިޕޯޓު މީޑިއާތަކަށް ލީކުވުން ފަދަ ކަންކަން ހިނގައިދިޔައެވެ. ނަމަވެސް ފަހުން ކޮމިޝަނުން ބުނެފައިވަނީ އެއީ މައްސަލައިގެ ތަހުގީގު ޑްރާފްޓެއް ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޑްރާފްޓު މަޖިލީހަށް އެންމެ ފުރަތަމަ ވެސް ލިބުނުއިރު އޭގައި ފާހަގަކޮށްފައި ހުރި ކަންކަމަށް ނުވަތަ ހެކި ލިބިފައި ހުރި މައްސަލަތަކަށް ދައުވާ ނުކުރި ސަބަބާއި މެދު އަބަދުވެސް މަޖލީހުން ސުވާލު ކުރިކަމަށެވެ. އެހެން ނަމަވެސް ފަހުން ކޮމިޝަނުން ބުނީ، ޑްރާފްޓުގެ ކޮޕީ އާއްމުވުމުން ތަހުގީގަށް ހުރަސް އެޅިގެން ދިޔައީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން އުފެއްދި ސުވާލުތަކަށް ކޮމިޝަނުން ދިން ޖަވާބަކީ ހަމައެކަނި އަމަލޯ ގޮތުން އެކަމުގައި ބައިވެރިވީ މީހުންގެ މައްޗަށް ދައުވާ ކުރެވެން އޮތުމެވެ. މިއީ މުއިޖިޒާތެއްގެ ގޮތުގައި ސިފަކޮށް ރައީސް ނަޝީދު ވިދާޅުވީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީއެއް ހެދުމާއި އަދި އޭގެ ކަންކަން ހާމަކުރުމާއި ޖިނާއީ ތަހުގީގާ އަދި ޖިނާއީ ދައުވާއާ އުފުލުމާއި ގުޅުމެއް ނުހުންނަ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ހެކި ލިބިފައި ހުރި މިންވަރަށް ބަލާ ވެސް ތަހުގީގު ކުރެވޭތަން ނުފެންނަ ކަމަށެވެ. އަދި ތަހުގީގެއް ހިންގާތާ ދެ އަހަރުވާއިރު ހެކި ފޮރުވުމަށްފަހު ވެސް ”އަމިއްލަ ޒަމީރަށް ބުރައަކަށް ވާތީ“ ހެކި ނެރޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: