ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދޭން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ކައުންސިލުން އެދިއްޖެ

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އާ ގުޅިގެން މީޑިއާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދޭން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި  މޯލްޑިވްސް މީޑިއާ ކައުންސިލުން އެދިއްޖެއެވެ. 

މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ކައުންސިލުން ހެދި ސާވޭގައި ބައިވެރިވި މީޑިއާތަކުގެ އާމްދަނީ 80-60 އިންސައްތަ ދަށްވެފައިވާ ކަމަށް ފާހަގަކޮށްފައި ވާތީ، ރިލީފް ލޯނުގެ ފައިސާ ދޫކުރުން އަވަސް ކޮށްދިނުމަށާއި އިންކަމް ސަޕޯޓް އެލަވަންސް ސްކީމުން ނޫސްވެރިންނަށް ވެސް ފުރުޞަތު ދިނުމަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓާއި، އެސްއެމްއީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށް ވަނީ އެދިފައެވެ.

ކައުްނސިލުން ބުނި ގޮތުގައި އޮންލައިން ނޫސްތައް ހިންގުމަށް އިންޓަނެޓަކީ އަސާސީ ޚިދުމަތަކަށް ވާތީ، މީޑިއާތަކަށް ހާއްސަ އިންޓަނެޓް ޕެކޭޖްތަކެއް ތަޢާރަފްކޮށްދީ އިންޓަނެޓްގެ އަގު މީޑިއާތަކަށް ހެޔޮކޮށް ދިނުމަށް އެދި، ރާއްޖޭގެ ތިން ޓެލެކޮމް ކުންފުނި ކަމަށްވާ، ދިރާގައި، އުރީދޫ، އާރުއޯއެލް އަދި މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ވަނީ ދެންނެވިފައެވެ.

މީގެއިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މީޑިއާތަކަށް އިޝްތިހާރު ދިނުމުގައި ހަމަހަމަ އުސޫލުތަކާއި މެރިޓަށް ނުބަލާ ކަމަށް ގިނަ މީޑިއާތަކުން ސާވޭއަށް މައުލޫމާތު ދީފައި ވާތީ، ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ގެ ސަމާލުކަމަށް އެކަން ގެނެފައިވާ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. 

ކޯވިޑް-19 އާ ގުޅޭ ބައެއް މައުލޫމާތުތައް ހޯދުމާއި އެހެނިހެން ވެސް މައުލޫމާތުތައް މީޑިއާތަކުން ހޯދުމަށް ދައުލަތުގެ ބައެއް އިދާރާތަކުން ބޮޑެތި ދަތިތަކާއި ހުރަސްތައް ކުރިމަތިވާ ކަމާއި ބައެއް ތަންތަނުން އެއްގޮތަކަށް ވެސް މައުލޫމާތު ނުދޭ ކަމަށް މީޑިއާތަކުން ފާހަގަ ކުރާތީ އެކަން އިންފޮމޭޝަން ކޮމިޝަނަރުގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށް ވެސް މީޑިއާ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

މީގެ އިތުރުން، ކޮމިޔުނިޓީ ނޫސްތަކަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި ސިޓީ ކައުންސިލްތަކުން ބޮޑެތި ފިއްތުންތަކެއް ކުރިމަތި ކުރާ ކަމަށް، އެފަދަ ނޫސްތަކުން ފާހަގަ ކުރާތީ އެކަން އިސްލާހުކޮށް ދިނުމަށް، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ އާއި އައްޑޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ކައުންސިލްގައި އެދިފައިވާކަން މީޑޮއާ ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ. 

ކައުންސިލުގެ ފަރާތުން މި އިދާރާތަކަށް ފޮނުވި ސިޓީގައި، އެދިފައި ވާނީ މީޑިއާތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދިނުމަށް އެ އިދާރާއަކުން އަޅާނެ ފިޔަވަޅުތައް ކައުންސިލަށް އަންގައިދިނުމަށެވެ. އަދި އެ ކަންކަން އިސްލާހުވަމުން އަންނަ މިންވަރު ކައުންސިލުން ކައިރިން ބަލަމުން ދާނެ ވާހަކަވެސް ދެންނެވީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: