ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ނިއު ނޯމަލް“ ގެ ތެރެއިން ”ކޮވިޑް ފްރީޒޯން“ އެއް ކަނޑައަޅައި، ޤައުމު ހުޅުވާލުމަށް ހުށަހެޅި ޤަރާރު މަޖިލީހަށް ބަލައިގެންފި

ފައިލްފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ސަބަބުން، ސަބަބުން އިޤުތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ”ނިއު ނޯމަލް“ ގެ ތެރެއިން ”ކޮވިޑް ފްރީޒޯން“ އެއް ކަނޑައަޅައި، އިޤްތިޞާދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހެޅުއްވި ޤަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، 62 މެންބަރުންގެ ވޯޓާއެކު ބަލައިގަތް މި ޤަރާރު ދިރާސާކުރެއްވުމަށް މިހާރު ވަނީ އިޤުތިޞާދު ކޮމިޓީއަށް ފޮނުވާފައެވެ. މި ޤަރާރަކީ، ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެގޮތަށް މަގުފަހިކުރުމަށްޓަކައި، ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް ޢަމަލުކުރަމުން އަންނަ ފަދައިން، ފުރަބަންދަށް ލުޔެއް ގެނެސް އިޤުތިޞާދީ ހަރަކާތްތައް ވަކި ހަމަތަކެއްގެ މަތިން ހުޅުވައިލުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާފައިވާ ޤަރާރެކެވެ.

މި ޤަރާރުޤައިވާ ގޮތުން، އިޤުތިޞާދު ހުޅުވާލުމުގައި، ރާއްޖޭގައި މިބަލި ފެތުރިފައިވާ ސަރަހައްދުތަކަށާއި، އަތޮޅުތަކާއި ރަށްތައް ޖިއޮގްރަފިކަލް ގޮތުން އެތުރިފައިވާ ގޮތަށާއި، އެސަރަހައްދުތަކުގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ޤާއިމުވެފައިއޮތް މިންވަރަށް ބަލައިގެން، އެންމެ އެކަށީގެންވާ ސަރަހއްދުތައް އެކި މަރުލާތަކުގައި ހުޅުވަންޖެހޭކަމަށް ޤަބޫލުކުރާކަމަށް ބުނެފައިވެއެވެ.
އަދި އުތުރާއި ދެކުނުގައި ބަނދަރުތައް ހުޅުވިއްޖެނަމަ ސަރުކާރާއި، އާންމު ވިޔަފާރިތަކުގެ ގުދަންތައް އެ ސަރަހައްދުތަކުގައި އިތުރުވެގެންދާނެކަމަށާއި، އެ ސަރަހައްދުތަކާ ކައިރި އަތޮޅުތަކަށް އިޤުތިޞާދީގޮތުން ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، ތޮއްޖެހިފައިވާ މާހައުލަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ވެސް ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން ރާއްޖޭގައި މި ވަގުތު ހުރި މަސް ކާރުޚާނާތަކުގައި، މަސް ރައްކާކުރުމާއި މަސްދަޅު ބަންދުކުރުމުގެ މަސައްކަތް ޤާބިލުކުރުވައި އެ މަސައްކަތް ކުރިއަރުވަންޖެހޭކަމަށާއި، ވޭތުވެދިޔަ ދުވަސްތަކުގައި އިހުމާލުކުރެވިފައިވާ ދަނޑުވެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑު ސަމާލުކަމެއްދޭންޖެހޭކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އަދި ދަނޑުވެރިކަމަށް ބިންދޫކުރުމުގެ ނިޒާމެއް ހަމަޖައްސައި، ފަންނީގޮތުންނާއި، މާލީ ގޮތުން ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ވެސް ބުނެފައިވެއެވެ.

ހަމައެއާއެކު ކޮވިޑް-19 އިގެ ބަލިމަޑުކަމުން އަރައިގަނެވެންދެން އިޤުތިޞާދު ހުއްޓާލައިގެން ތިބެންޖެހޭ މުއްދަތު ދިގުލައިގެންދާނަމަ، އިޤުތިޞާދީ ތަދުމަޑުކަމެއްގެ ނިކަމެތިކަމާއި ކުރިމަތިލާންޖެހިދާނެކަމަށާއި، ބަލިޖެހޭ މިންވަރު އިތުރުވުމުގެ ބިރު ނުހަނު ބޮޑުވެފައިވާއިރު، މި ދަނޑިވަޅުގައި ބުއްދީގެ ބޭނުންކޮށް ރޭވުންތެރި އަމާޒެއްގެ ދަށުން، މި ކަންކުރުމަށް ރާއްޖޭގެ 03 ސަރަހައްދެއް އިޤުތިޞާދީގޮތުން ހުޅުވައިލުމަށް ވެސް މިޤަރާރުގައި ގޮވާލައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: