ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ވިސްނުމަކީ ކޮންކްރީޓް ފާރުތަކެއްގެތެރޭގައި މީހުން ބޭތިއްބުން: އިމްރާން

ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގެ ވިސްނުންއޮތީ، ޖަލުތަކަކީ ކޮންކްރީޓް ފާރުތަކެއްގެތެރޭގައި، މީހުން ބަންދުކޮށްގެން ބައިތިއްބުމަށްފަހު މުޖުތަމަޢުއަށްނެރެ ދޫކޮށްލުމުގެ ވިސްނުންކަމަށް ހޯމް މިނިސްޓަރު އިމްރާނު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ކުރެއްވި ސުވާލަކާއި ގުޅިގެން، ދެއްކެވި ވާހަކްފުޅުގައި މިނިސްޓަރު އިމްރާނު ވިދާޅުވީ، ކުރީ ސަރުކާރުން ވިސްނުމަކީ، ޖަލުތަކަކީ ކޮންކްރީޓް ފާރުތަކެއްގެތެރޭގައި، މީހުން ބަންދުކޮށްގެން ބައިތިއްބުމަށްފަހު މުޖުތަމަޢުއަށްނެރެ ދޫކޮށްލުމުގެ ވިސްނުންކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ވިސްނުމަކީ ޖަލުތަކުގައި ތިބޭ ޤައިދީން ރިހެބިލިޓޭޓްކޮށް، އެ މީހުން އަނބުރާ މުޖުތަމަޢުއަށްނެރޭ ހިނދު އެ މީހުންނަކީ ދެވަނަފަހަރަށް ކުށަށް އަރައި ނުގަންނާނެ ބައެއްގެގޮތުގައި، އެ މީހުންނަށް ހުނަރާއި ތަމްރީނު ފޯރުކޮށްދިނުންކަމަށް މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.

މިގޮތުން މި ވިސްނުމާއެކު ނޭކުރެންދޫގައި ޖަލެއްއެޅުމުގެ ވިސްނުން ސަރުކާރުން ގެންނަވާ އެ މަސައްކަތް ފެއްޓެވީ މިދިޔަ އަހަރުގެތެރޭގައިކަމަށާއި، މިދިޔަ އަހަރުގެތެރޭގައި ނޭކުރެންދުއަށް ޒިޔާރަތްކުރައްވައި، އެ ތަނުގެ ބިމުގެ ހާލަތުބައްލަވާ ރަށުގެ ކައުންސިލާއެކުގައި މަޝްވަރާތަކެއް ކުރެވިގެންދިޔަކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުއައިއިރު، އެ ބަޖެޓުގައި މި އަހަރަށް ކަނޑައެޅެން އޮތް މިންވަރުވަނީ ކަނޑައެޅިފައި ކަމަށާއި، މި އަހަރު ފެށިގެންއައިއިރު މުޅި މަސައްކަތް ކުރިއަށްގެންދާނެ ގޮތް ވަރަށް ފުރިހަމައަށް ތަރުތީބުކޮށް އިންތިޒާމުކުރުމަށްފަަހުގައި ރައީސްއޮފީހާއި ހިއްސާކުރައްވާފައިވާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާނު ވިދާޅުވީ، ރައީސްގެ އެޕްރޫވަލްއާއެކުގަ އަޅުގަނޑުމެން މަސައްކަތްފަށާފައިވާކަމަށާއި، ވޭތުވެދިޔަ ފެބްރުއަރީމަހުގެތެރޭގައި، އެ ތަނުގެ އެންވަރަޔަމަންޓް އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ފަށާއފައިވާކަމަށާއި، އީއައިއޭ ހެދުމަށްޓަކައި ބިޑްކުރެވޭ ހިސާބަށް މިހާރު ވަނީ ގެންދެވިފައިކަމަށެވެ. ނަމަވެސް ކަންދިމާކުރިގޮތުން މަޢުލޫމާތު ސާފުކުރުމާއި ހަމައަށްދިޔައިރު، ކޮވިޑް-19 އާއި ގުޅިގެން ކޮންމެވެސް ވަރަކަށްވަނީ މަސައްކަތް މަޑުޖެހިފައިކަމަށާއި، ޕްލޭންކޮށްފައި އޮތީ އޭރު ރޭވުނުގޮތަށް މަސައްކަތްކުރިއަށްދާނަމަ، މިއަހަރަށް ކަނޑައެޅިފައިވާ ބަޖެޓުންވާވަރަށް ޖުލައިމަހުގެތެރޭގަ މަސައްކަތް ފެށޭ ހިސާބަށް ގެންދިއުމަށްކަމަށް މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.

 

”އާދެ! ތި ވިދާޅުވިހެން މި އަހަރުގެ ބަޖެޓުގައި 17.4 މިލިއަން ރުފިޔާ ނޭކުރެންދޫގަ ޖަލެއް އެޅުމަށް ކަނޑައެޅިފަވޭ. އާދެ އެއީ އެނގިވަޑައިގަންނަވާނެ ފަދައިން މި ސަރުކާރުގެ ވަޢުދުތަކުގަތެރޭގަ ހިމެނޭ މުހިންމު ވަޢުދެއްއެއީ ޖަލުތަކުގެ ހާލަތުރަނގަޅުކޮށް ޤައިދީންނަށް ދެވޭ ޚިދުމަތަށް އެ މީހުންނަށްދެވޭ ތަމްރީނު އަދި އެ މީހުން ރިހެބިލިޓޭޓްކޮށް މުޖުތަމަޢުއަށް ފައިދާހުރިގޮތުގައި ނެރޭނެ ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުން. އާދެ މީގެ ކުރީގަ ވިސްނުން މި އޮތީ ޖަލުތަކަކީ ހަމަ ކޮންކްރީޓް ފާރުތަކެއްގެ އެތެރޭގަ މީހުން ބަންދުކޮށްގެން ބައިތިއްބުމަށްފަހު މުޖުތަމަޢުއަށްނެރެ ދޫކޮށްލުމުގެ ވިސްނުންކަމަށް ވިޔަސް އަޅުގަނޑުމެންގެ ވިސްނުމަކީ ޖަލަކީ އެތަނަށް ވެއްދޭ ޤައިދީން ރިހެބިލިޓޭޓްކޮށް އެމީހުން އަނބުރާ މުޖުތަމަޢުއަށްނެރޭ ހިނދު އެމީހުންނަކީ ދެވނަފަހަރަށް ކުށަށް އަރައި ނުގަންނާނެ ބައެއްގެގޮތުގަ އެމީހުންނަށް ހުނަރާއި ތަމްރީނު ފޯރުކޮށްދިނުން. އާދެ މި ވިސްނުމުގެތެރެއިން ނޭކުރެންދޫގަ ޖަލެއްއެޅުމުގެ ވިސްނުން ސަރުކާރުން ގެންނަވާ އެ މަސައްކަތް ފެއްޓެވީ މިދިޔަ އަހަރުގެތެރޭގަ. އާދެ މިދިޔަ އަހަރުގެތެރޭގަ ނޭކުރެންދުއަށް އަޅުގަނޑުމެން ޒިޔާރަތްކޮށް އެތަނުގައި ބިމުގެ ހާލަތުބަލާ ރަށުގެ ކައުންސިލާއެކުގާ މަޝްވަރާތަކެއްކުރެވުނު. އަދި މި އަހަރުގެ ބަޖެޓުއައިއިރު އެ ބަޖެޓުގައި ސަރުކާރުގެ ބަޖެޓުން މި އަހަރަށް ކަނޑައެޅެން އޮތް މިންވަރުވަނީ ކަނޑައެޅިފައި. އާދެ މި އަހަރު ފެށިގެންއައިއިރު އަޅުގަނޑުމެން މި މުޅި މަސައްކަތް ކުރިއަށްގެންދާނެ ގޮތް ވަރަށް ފުރިހަމައަށް ތަރުތީބުކޮށް އިންތިޒާމުކުރުމަށްފަަހުގައި ރައީސްއޮފީހަށްވާނީ ހިއްސާކުރެވިފަ. އާދެ ރައީސް އޮފީހަށް ނުވަތަ ރައީސްގެ އެޕްރޫވަލްއާއެކުގަ އަޅުގަނޑުމެން މަސައްކަތްފަށާ މި ދިޔަ ފެބްރުއަރީމަހުގެތެރޭގަ އެތަނުގެ އެންވަރަޔަމަންޓް އެސެސްމަންޓެއް ހެދުމުގެ މަސައްކަތްވަނީ ކުރަންފަށާފަ. އާދެ އީއައިއޭ ހެދުމަށްޓަކައި ބިޑްކުރެވޭ ހިސާބަށް ވަނީ ގެންދެވިފަ.“ އިމްރާން

ނަމަވެސް ކަންދިމާކުރިގޮތުން މަޢުލޫމާތު ސާފުކުރުމާއި ހަމައަށްދިޔައިރު، ކޮވިޑް-19 އާއި ގުޅިގެން ކޮންމެވެސް ވަރަކަށްވަނީ މަސައްކަތް މަޑުޖެހިފައިކަމަށާއި، ޕްލޭންކޮށްފައި އޮތީ އޭރު ރޭވުނުގޮތަށް މަސައްކަތްކުރިއަށްދާނަމަ، މިއަހަރަށް ކަނޑައެޅިފައިވާ ބަޖެޓުންވާވަރަށް ޖުލައިމަހުގެތެރޭގަ މަސައްކަތް ފެށޭ ހިސާބަށް ގެންދިއުމަށްކަމަށް މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާނު ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން މަޝްރޫޢު ޢަލުން މުރާޖަޢާކުރަންޖެހިފައިވާ ކަމަށާއި، މުރާޖަޢަކުރުމަށްފަހުގައި، ދަޢުލަތުގެ ބަޖެޓުގެ ކެރިފޯރުންތެރި ހުރިކަން މިންވަރަކުން މި އަހަރުގެތެރޭގައި މަސައްކަތްތައް ފެށޭނެކަމަށާއި، އުންމީދުކުރައްވާފައިވަނީ މަސައްކަތް ފެށޭތާ އެއްއަހަރު ދުވަހުގެތެރޭގައި އެ ތަން ނިމި، އެ ތަނަށް ކޮންމެވެސް ވަރަކަށް މީހުން ބަދަލުކުރެވޭ ތަނަކަށް ހެދުމަށްކަމަށެވެ.

މިނިސްޓަރު އިމްރާނު ވިދާޅުވީ، އެ ތަނަށް ބަދަލުކުރެވޭ ފަރާތްތަކަށް ރިހެބިލިޓޭޓްކުރުމަށް ވޮކޭޝަނަލް ޓްރޭނިންގް ދިނުމުގެ ކަންތައްތަކާއި، މި ނޫންވެސް މީހުން ބިނާކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެހޭފަދަ ގޮތެއްގައި މި ޖަލު ބިނާކުރުމަށްޓަކައިި، ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކުގައި އެ ޖަލުގެ ކޮންސެޕްޓް އެއްކޮށް ފައިނަލްކުރެވިފައި ކަމަށެވެ. އަދި ބައެއް ޑީޓެއިލްސް ޑްރޯވިންސްތަކާ ހަމައަށް ވެސް މިހާރުވަނީ، ކޮންމެވެސް ވަރަކަށް މަސައްކަތްތައް ކުރިއަށް ގެންދެވިފައިކަމަށް ވެސް އިމްރާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: