ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގު ވިޔަފާރި ކުރި މައްސަލައިގެ ތަހުގީގް ގްރާންޓް ތޯރޓަން ކުންފުނިން ކޮށްދެއްވީ ހިލޭ ސާބަހަށް: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ތެލުގެ ވަގު ވިޔަފާރި ކުރި މައްސަލައގެ ތަހުގީގް ގްރާންޓް ތޯރޓަން ކުންފުނިން ކޮށްދެއްވީ ހިލޭ ސާބަހަށް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީން، އެސްޓީއޯގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވިއިރު ހިންގާފައިވާ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބެލުމަށް ބޭރުގެ ކުންފުންޏަކާއި ހަވާލުކުރުމުން، އެކުންފުނިން އެކަން ދިރާސާ ކުރުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައްލަވައިގަނެ ފޮރުވާފައިވާކަމަށްބުނެ، އެރިޕޯޓު ހޯދުމަށް މަޖިލީހަށް ވަނީ މައްސަލަ ހުށައަޅާފައެވެ. މިމައްސަލަ ހުށައެޅުއްވުމަށްފަހު، ބަހުސް ކުރުމަށް ހުޅުވާލުމުގެ ކުރިން ރަައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ 2008 ވަނަ އަހަރު ވެރިކަން ބަދަލުވުމަށްފަހު، 2009 ވަނަ އަހަރުގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހިންގާފައިވާ ވައްކަމުގެ އަމަލުތައް ތަހުގީގުކުރުމަށް ބޭރުގެ ކުންފުންޏެއްކަމަށްވާ ގްރާންޓް ތޯރޓަންއާ ހަވާލުކޮށްފައިވާ ކަަމަށެވެ.

އަދި ގްރާންޓް ތޯރޓަން ކުންފުނިން އެމަސައްކަތް ކޮށްދެއްވީ ހިލޭ ސާބަހަށް ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުން އެފައިސާގެ 10 އިންސައްތަ އެކުންފުންޏަށް ލިބޭ ގޮތަށް ކަމަށެވެ. އެނޫން ގޮތަކަށް ސަރުކާރުން އަންގައިގެން ހުއްޓާލައިފިނަމަ 10 މިލިއަން ޑޮލަރު ސަރުކާރުން ކުންފުންޏަށް ދޭންޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އެއްބަސްވުން ހެދިއިރު އެއެއްބަސްވުން އުވާލާނީ ކާކުބާއޭ ހިތަށް އެރި ކަމަށެވެ. އެއީ ވަރަށް އުންމީދާއެކު ހެދި އެގްރީމެންޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި 7 ފެބްރުއަރީ 2012އަކީ ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓު އާންމުކުރުމަށް އޮތް ދުވަސް ކަމަށް އޭރުގެ ރައީސް އަދި މަޖިލީހުުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

މިފަހަކަށް އައިސް އެމްޑީޕީ ގެ ވެރިކަން ބަދަލުވިގޮތުގެ ވާހަކަތައް އެމްޑިޕީ މެމްބަރުން ދައްކަމުންދާ މިންވަރު ވަނީ ވަރަށް ބޮޑަށްް އިތުރުވެފައެވެ. އަދި 7 ފެބްރުއަރީގެ މައްސަލަ ބަލައި ތަހުގީގުކުރަންޖެހޭކަމަށް އަންނަނީ ގޮވާލަމުންނެވެ.

މިމައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، ދާދިފަހުން ރައީސް ވަހީދު ވަނީ ކުރީގެ ރައީސް ޔާމީންގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސަވާފައެވެ. އަދި ރައީސް ވަހީދަށް އެމްޑީޕީގެ އެކްޓިވިސްޓަކު ހަމަލަދިންކަމަށް ވިދަޅުވުމުން އެއީ އިތުރުުފުޅެއްކަމަށް ވިދާޅުވެ އެމައްސަލަވެސް މަޖިލީހަށް ވައްދައި ވަނީ ބަހުސްކޮށްފައެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށައެޅުއްވި މިމައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ މަޖިލީހަސް ހާޒިރުވެވަޑައިގެން ތިއްބެވި 41 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓުންނެވެ. މިމައްސަލައަށް ބަހުސް ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ އެންމެ މެމްބަރެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: