ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ މީދޫގައި ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހާ ގޭ ބަންދުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގެ ބަންދަށް!

ޖިންސީ އަނިޔާ އާއި ދެކޮޅަށް މާލޭގައި ބޭއްވި ހިގާލުމުގެ ތެރެއިން -- ފޮޓޯ :/ ވީ ނިއުސް- ޝުރާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ މީދޫގައި ތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތު ކުރި މީހާ ގޭބަންދުގައި ބަހައްޓާފައިވަނިކޮށް އެ އަމުރު އަލުން މުރާޖައާކޮށް، އޭނާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް ނިންމައިފިއެވެ.

ޖިންސީ ގޯނާގެ މައްސަލަތަކާއި، ރޭޕްގެ މައްސަލަތައް އަނެއްކާވެސް އިތުރުވެފައިވާއިރު މި މައްސަލަތަކަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުން ވަނީ އާއްމުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައެވެ. އައްޑޫ ސިޓީ މީދޫގައި ވެސް އުމުރުން ދުވަސް ވީ ތިން މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެގެން އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ތުހުމަތު ކުރެވޭ މީހާ ވަނީ ގޭ ބަންދަށް ދޫކޮށްލާފައެވެ. އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ނުރުހުން ފާޅު ކުރިއެވެ.

މައްސަލައައިގައި ފުލުހުން ބުނެފައިވަނީ، މީދޫއިން ހައްޔަރު ކުރި އެ މީހާގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ތަހުގީގު ނިމި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މިއަދު ކަމަށެވެ.

އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާގެ ބަންދާއި ގޮތެއް ނިންމުމަށް ޖޫން 16 ގައި ރަށުގެ މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. ނަމަވެސް އެ އަމުރު މުރާޖައާކޮށްދިނުމަށް ޕީޖީން އެ ކޯޓުގައި އެދުމުން އަމުރު މުރާޖައާކޮށް މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ގޭބަންދުގެ ބަދަލުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އުމުރުން 64 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް 2020 މެއި 28 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މިމައްސަލައިގެ ތަހުގީގަށް 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ  ކޯޓު އަމުރެއްގެ ދަށުން މެއި 29 ވަނަ ދުވަހު އެވެ. އަދި އޭނާ 65 އަހަރު އަދި 66 އަހަރުގެ އިތުރު ދެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: