ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހަކީ ރައްޔިތުންގެ ސިޔާދަތު މިޤައުމުގައި ކަށަވަރުވެގެންދިޔަ ދުވަހެެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑތ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދުވި ގޮތުގެ ވާހަކަ ގަދަވެފައިވާ ދަނޑިވަޅެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑޜ ދީދީ ކުރެއްވި ޓުވިޓްގައި ވިދާޅުވީ ހަތެއް ފެބްރުއަރީ 2012 އަކީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނާ ރައްޔިތުންގެ ސިޔާދަތު މިޤައުމުގައި ކަށަވަރުވެގެންދިޔަ ދުވަހެެއް ކަމަށެވެ. އެ އެ ދުވަހަކީ ޚުދުމުޚުތާރު ވެރިކަމެއް ޕޮޕިއުލަރ ރެވެލިއުޝަނަކުން ބަދަލުވެގެންދިޔަ ދުވަހެެއްގެ ގޮތުގައި ޑރ ދީދީ ފާހަގަ ކުރެއްވިއެވެ.
މީގެއިުރުން ޑރ ދީދީދީ ވިދާޅުވީ 8 ފެބްރުއަރީ 2012 ގައި ރައްޔިތުންނަށް ކުރި އަނިޔާތަކާއި، ތަންތަން ރޯކުރި ކުރުމަކީ ތަޤާދުމްވާނެ ނުވަތަ ކިތަންމެ ދުވަހެއް ވިޔަސް ދައުވާ ކުރެވޭނެ ކުށްތަކެއް ކަމަށް ޑޜ ދީދީ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހަކީ ރައްޔިތުންގެ ސިޔާދަތު މިޤައުމުގައި ކަށަވަރުވެގެންދިޔަ ދުވަހެެއް ކަަމށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ ދީދީ ވިދާޅުވިއިރު އެމްޑީޕީއާއި ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވަނީ ހަތަެއް ފެބްރުއަރީ އަކީ ރާއްޖޭގައި ބަޣާވާތެއް ކުރި ދުވަހަެއްގެ ގޮތުގައެވެ.
ނަޝީދުގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ނަޝީދާއި އެމްޑީޕީން ގަބޫލު ކުރި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ތަހުގު ކުރުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއެއީ (ކޯނީ) ބުނެފައި ވަނީ ނަޝީދުގެ ވެރިކަން ބަދަލު ކުރީ ބަޣާވާތަކުން ނޫން ކަމަށެވެ.

