ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިޙް ބޭއްވި ޕްރެސްގައި ފެނިގެންދިޔައީ ޙަޤީޤަތް އޮޅުވާލި ތަން: މުޢިއްޒު

ޑރ.މުޙައްމަދު މުޢިއްޒު. . ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންގާރަ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ބޭއްވެވި ޕްރެސްކޮންފަރެންސްއިން ފެނިގެންދިޔައީ ކަމުގެ ޙަޤީޤަތް ވަރަށް ބޮޑަށް އޮޅުވާލައިގެން ދިޔަތަންކަމުގައި ރައީސް ޔާމިނުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒު މިހެން ވިދާޅުވެފައި މިވަނީ އަންގާރަ ދުވަހުގައި ރައީސް ޔާމިނު ސަރުކާރުގައި ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކާއި ބެހޭގޮތުން ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.

މި ގޮތުން އަންގާރަ ދުވަހު ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި ރައީސް ޔާމިނު ސަރުކާރުގައި ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކަކީ އެއްވެސް ހާލެއްގައި އިންސާނުން އުޅެން ހެޔޮވާވަރުގެ ތަނެއް ނޫންކަމަށެވެ. އަދި ބޭރުން އެ ތަނަށް ބަލާއިރުގައި އިރޮއޮއްސޭގަޑީގައި ފޮޓޯނަގަން އެ ތަން ކަމުދާކަމަށާއި ނަމަވެސް އެ ތަނުގެ އެތެރޭގައި ދޮރެއް ޓައިލްސްއެއް ނުހުންނާނެކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޕްރެސްގައި މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުތަކާ ގުޅޭގޮތުން ރައްޔިތުންނަށް އެ ކަންކަން މިވަނީ ވަރަށްބޮޑު ކަންބޮޑުވުމެއްގެތެރެއަށް ގޮސްފައިކަމަށެވެ.
އަދި މި ކަމަކީ ފެށުނީއްސުރެ އެކަމުގެ ތަފްސީލް މަޢުލޫމާތުތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެމުންދާ ކަމެއްކަމަށާއި ނަމަވެސް އިއްޔެ ފެނިގެން މި ދިޔައީ ކަމުގެ ޙަޤީޤަތް ވަރަށް ބޮޑަށް އޮޅުވާލައިގެން ދިޔަތަންކަމަށެވެ.

މުޢިއްޒު ވިދާޅުވީ ރައީސް ޞާލިޙް ވަނީ ތިމަންނަމެން ރައްޔިތުންނަށް މިތަން ދޭނީ ދޮރުތައް ވެސް ހަރުނުކޮށޭ ޓައިލްސްތައް ވެސް ނުޖަހައޭ ވިދާޅުވެ ރައްޔިތުންނަށް މަލާމާތް ކުރައްވާފައިވާކަމަށެވެ. އަދި ރައްޔިތުންނަށް ޖެއްސުންކުރަން ކުރަން ހެޔޮވެސް ނުވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވި ގޮތުގައި ރައީސް ޔާމިނުގެ ސަރުކާރު ބަދަލުވެގެން ދިޔައިރުގައި ފްލެޓްތައް ހުރީ ފްލީ ކޮމްޕްލީޓްކުރުމަށްޓަކައި ހުރިހާ ފައިނޭންސެއް ހަމަޖެހިފައެވެ. މި ކަން ފާހަގަކުރައްވައި މުޢިއްޒު ވދާޅުވީ މިކަމާ ބެހޭގޮތުން އެތައް ފަހަރަކު ޓްވީޓްކޮށްފައި ހުންނާނެކަމަށާއި ކުރީގައި ހިއްސާކޮށްފަހުރި ހިސާބުތައް ވެސް ބައްލަވާލެއްވުން ރަނގަޅުވާނެކަމަށެވެ.

މުޢިއްޒު ވިދާޅުވި ގޮތުގައި އޭގެތެރޭގައި ހުންނާނެ ޕްރޮޖެކްޓް ކޮސްޓާ މިހެންގޮސް ހުރިހާ ކޮސްޓެއްގެ ތަފްސީލުތައް އެޗްޑީސީގައާއި ހައުސިން މިނިސްޓްރީގައި ހުންނާނެކަމަށެވެ.

އަދި އޭގެތެރެއިން ފިނިޝިންގް ކޮސްޓަށްދާ މަސައްކަތައް ގާތްގަނޑަކަށް 41 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށާއި އެ ފައިސާވެސް ހުރީ އެޗްޑީސީން ހަމަޖެހިފައިކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އެ މަސައްކަތް ހުއްޓުމެއްނެތި މިދިޔަ އަހަރުގެ ޖުލައިމަހާއި ހަމައަށް ބާރު ސްޕީޑްގައި ދިޔަނަމަ އެއްކޮށް ނިމޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: