ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރާއި ރައީސް ނަޝީދަށް ދޭން ބޭނުންވާ މެސެޖު: ”ތަފާތު ދީންތައް ފަތުރާކަށް ފުރުސަތެއްނުދޭނަން.“

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ޕީޕީއެމްއަށް ސޮއިކުރެއްވުމަށްޓަކައި ޚާއްސަކޮށްގެން އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ރަސްމިއްޔާތުގެތެރެއިން. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ތަފާތު ދީންތައް ފަތުރާކަށް ފުރުސަތެއް ރައީސް މުޙައްމަދު ނަޝީދަށް، ނުދެއްވާނެ ކަމަށް ޕީއެންސީގެ އިންތިޤާލީ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ޕީޕީއެމްއަށް ސޮއިކުރެއްވުމަށްޓަކައި ޚާއްސަކޮށްގެން އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޢަބްދުއް ރަޙީމް ވިދާޅުވީ، ހަށިގަނޑުގައްޔާއި ނާރުތަކުގައި ހިނގަނީ ދިވެހި ލޭ ކަމަށާއި، ހަށިގަނޑުގައި ޖަހަނީ ދިވެހި ވިންދުކަމަށާއި، ކުރީގެ އަބްޠާލުންވީ ޤުރުބާންވުމުގެ ހިތްވަރާއި ފަންވަރާއި ޢަޒުމާއި އެ ޖޯޝު އެބަހުރިކަމަށެވެ.

މި ގޮތުން ދިވެހި ރާއްޖޭގައި ތަފާތު ދީންތައް ފެތުރުމަށާއި، މި ޤައުމުގެ މިނިވަންކަން ގެއްލުވަައިލާ ބައެއްގެ އަޅުވެތިކަމުގެ ދަށަކަށް ގެންދާކަށް ފުރުސަތެއް ނުދޭނަންކަމަށެވެ. އަދި އެއްޖިންސުން ގުޅުން ހިންގައި ރާއްޖޭގެ ކަންކޮޅުތަކުގައި މަސާޖު ޕާލާރތައް ހެދުމުގެ ފުރުސަތެއް ވެސް ނުދެއްވާނެކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ހަމައެއާއެކު ލާދީނީ ފަރާތްތަކުން އެ ބުނާ ދީނީ މިނިވަންކަން މި ޤައުމުގައި ފަތުރަންޖެހޭނީ ފުރާނަޔާ މަސްގަނޑާއި ދެތަން ކޮށްލާފައިކަމަށާއި، މިއީ މިއަދުގެ ސަރުކާރަށާއި، ރައީސް ނަޝީދަށް ދެއްވަން ބޭނުންވާ މެސެޖުކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

”ޑރ.ވަޙީދު ޕީޕީއެމްގެ އިސްސަފަށް ނިކުމެވަޑައިގަތީމާ މިއަދުގެ ސަރުކާރުން ވަރަށް ބޮޑަށް ޖެހިލުންވެއްޖެ. ހަމަ ޙަޤީޤަތުގަވެސް ޖެހިލުންވެއްޖެ. ތަފާތު ދޮގު ރިޕޯޓުތައް ހޯދަންް އަނެއްކާވެސް މަސައްކަތް ފަށައިފި. އެނގިވަޑައިގަންނަވާނެ 800 މިލިއަން ޑޮލަރެއްގެ ވަގު ވިޔާފާރީގެ ރިޕޯޓެއްނުފެނިގެން ކެނެރީގޭ މުޙައްމަދު ނަޝީދު އެބައުޅޭ. އޭގެން އެދޭހަވަނީ ޑރ.ވަޙީދު އަޅުގަނޑުމެންގެ އިސްސަފަށް ނިކުމެވަޑައިގަތީމާ އެމްޑީޕީން ޖެހިލުންވިވަރު. ޚާއްސަގޮތެއްގައި ރައީީސް ނަޝީދު ޖެހިލުންވީވަރު އޭގެން އަންގައިދެނީ. އަޅުގަނޑުމެން މިރޭ ރައީސް ނަޝީދަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މަނިކުފާނު ހޯއްދަވާނެ ތަނަކުން ހޯއްދަވާނެ ރިޕޯޓެއް ހޯއްދަވާނެ ގޮތަކަށް، ހޯއްދަވައިގެން މަނިކުފާނު ދިރާސާކުރައްވާށޭ. އަޅުގަނޑުމެންގެ ކޯލިޝަނުގެ ލީޑަރޝިޕް މިއޮތީކީ، މަނިކުފާނުދައްކާ ބިރަކަށް ބިރުގެން ގެއަށް ވަދެ ފިލާގޮތަކަށް ނޫނޭ. އަޅުގަނޑުމެން މި ތިބީ އަޅުގަނޑުމެންނާއި ދިމާވި ގޮންޖެހުމެއް ފިސާރި ސާބިތުކަމާއެކީގަ އެ ގޮންޖެހުމަކާ ކުރިމަތިލާ ހުރަސްކުރަންޖެހުނު ކޮންމެ ގިރާކުރަންޖެހުނު ކޮންމެ ހުރަހެއް ގިރާކުރުމަށް ވަރަށްކެރިގެން ސާބިތުކަމާއެކީގަ“. ޢަބްދުއްރަޙީމް

މީގެ އިތުރުން، ޢަބްދުއްރަޙީމް ވިދާޅުވީ، ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ޕީޕީއެމްގެ އިސްސަފަށް ނިކުމެވަޑައިގަތީމާ މިއަދުގެ ސަރުކާރުން ވަރަށް ބޮޑަށް ޖެހިލުންވެ، ތަފާތު ދޮގު ރިޕޯޓުތައް ހޯދަންް އަނެއްކާވެސް މަސައްކަތް ފަށާފައިވާކަމަށާއި، 800 މިލިއަން ޑޮލަރެއްގެ ވަގު ވިޔަފާރީގެ ރިޕޯޓެއްނުފެނިގެން ރައީސް ނަޝީދު އުޅުއްވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދުގެ އެފަދަ އަމަލުފުޅުތަކުން އަންގައިދެނީ ޑރ.ވަޙީދު ޕީޕީއެމްގެ އިސްސަފަށް ނިކުމެވަޑައިގަތީމާ އެމްޑީޕީން ޖެހިލުންވިވަރުކަމަށާއި، ޚާއްސަގޮތެއްގައި ރައީސް ނަޝީދު ޖެހިލުންވެވަޑައިގަތްވަރުކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި، ރައީސް ނަޝީދަށް އިޝާރާތްކުރައްވަމުން، ޢަބްދުއްރަޙީމް ވަނީ، ރިޕޯޓު ހޯއްދަވާނެ ތަނަކުން، ހޯއްދަވާނެ ގޮތަކަށް، ހޯއްދަވައިގެން ދިރާސާކުރެއްވުމަށް ވެސް ވިދާޅުވެފައެވެ.

ޢަބްދުއްރަހީމް ވަނީ، ރައީސް ނަޝީދު ދައްކަވާ ބިރަކަށް ބިރުގަނެގެން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރޝިޕެއް ގެއަށްވަދެ ނުފިއްލަވާނެކަމަށް ވިދާޅުވެފައެވެ. އަދި ޕީޕީއެމްގެ ލީޑަރޝިޕް އޮތީ، ދިމާވި ގޮންޖެހުމެއް ފިސާރި ސާބިތުކަމާއެކީގައި، އެ ގޮންޖެހުމަކާ ކުރިމަތިލައި ހުރަސްކުރަންޖެހުނު ކޮންމެ ހުރަހެއް ހުރަސްކުރުމަށް ވަރަށްކެރިގެން ސާބިތުކަމާއެކީގައިކަމަށް ވެސް ޢަބްދުއްރަޙިމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: