ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލްޓިލޭޓަރަލިޒަމްއަށް ދިވެހި ސަރުކާރުން އިސްކަންދޭނެކަމުގެ ޔަޤީންކަން!

މަލްޓިލޭޓަރަލިޒަމްއަށް ދިވެހި ސަރުކާރުން އިސްކަންދޭނެކަމުގެ ޔަޤީންކަން!
ޝެއާރކޮށްލާ ކަހަލަދޯ؟

މަލްޓިލޭޓަރަލިޒަމްއަށް ދިވެހި ސަރުކާރުން އިސްކަންދޭނެކަމުގެ ޔަޤީންކަން އދ ޗާޓަރަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އަނެއްކާވެސް އަރުވައިފިއެވެ.

އދގެ ޗާޓަރު އެކުލަވާލިވާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޚާއްސަ މެސެޖެއް ދެއްވައިފިއެވެ. މި މެސެޖްގައި މިނިސްޓަރ ޝާހިދު ވިދާޅުވީ އދ ޗާޓަރުގެ ސަބަބުން ޤައުމުތަކުގެ ކުޑަބޮޑު މިނަށް ބެލުމެއް ނެތި ހުރިހާ ޤައުމުތަކަކަށް އެއް ހަމައެއްގައި އަޑުއުފުލުމުގެ ޤާބިލްކަން ލިބިގެން ހިނގައްޖެކަމަށެވެ. އަދި ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ޤުދުރަތީ ކާރިސާތައް ފަދަ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް އދގެ މެމްބަރުޤައުމުތަކުން މަލްޓިލޭޓަރަލް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

އދގެ ޗާޓަރުގައި ސޮއިކުރެވުނީ 1945 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެމެރިކާގެ ސެންފްރެންސިސްކޯގައި ބޭއްވުނު ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އަށްފަހުއެވެ. އަދި ޗާޓަރަށް އަމަލުކުރަން ފެށުނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ޗާޓަރުގެ ދަށުން އދ އަށް މަތިކޮށްފައިވަނީ ބައިނަލްއަޤްވާމީ ސުލްހަ ބެލެހެއްޓުމާއި، އިޖްތިމާއީ ކުރިއެރުމަށް މަސައްކަތްކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކޮށް، އިންސާނީ ހައްޤުތައް ކުރިއެރުވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: