ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ސިޔާސީ ކުޅި ހަމަ ކުރެވެން އޮތީ ޖޭޕީގެ އެހީއާއި އެކު: އަލީ ސޯލިހް

ރާއްޖޭގެ ސިޔާސީ ކުޅި ހަމަ ކުރެވެން އޮތީ ޖޭޕީގެ އެހީއާއި އެކު: އަލީ ސޯލިހް / ފޮޓޯ- މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތީ ދެ ޕާޓީކަމަށް ދެކުމަކީ ގޯހެއް ކަމަށާއި، ކޮންމެ ބަޔަކަށް ވެސް ކުރިއެެރެނީ ޖުމްހޫރީ ޕާޓީ އޮވެގެން ކަމަށް އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިގް ވިދާޅުވެއްޖެއެވެ.

އަލީ ސޯލިހް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ މެމްބަރަކަށް ވެސް ވެ، ޕާޓީގެ ފޮނި މީރުކަން ހޯދުމަށްފަހު ”ޖެހިވަޅަށް ޖެހުން“ އެއީ އޭނާއަށް އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި އޮތީ ވަރުގަދަ ދެ ސިޔާސީ ޕާޓީއެއްކަމާއި މުސްތަގުބަލެއް ވެސް އޮތީ ދެ ޕާޓީއަށް ކަމަށް ދެކުމަކީ ގޯހެއް ކަމަށެވެ. ރާއްޖޭގެ ސިޔާސީ ކުޅި ހަމަ ކުރެވެން އޮތީ ވެސް ދެ ޕާޓީއަކަށް ކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް، އެ ކަމެއް ފުރިހަމަކޮށް ހާސިލް ކުރެވެން އޮންނާނީ ޖުމްހޫރީ ޕާޓީގެ އެހީއާއި ބައިވެރިވުން ހިމަނައިގެން ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވެސް ބަޔަކަށް ސިޔާސީ ކުރިއެރުމެއް ހޯދަން ޖުމްހޫރީ ޕާޓީ އާއި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭނުންވާނެ ކަމަށެވެ. އަލީ ސޯލިހް ވިދާޅުވީ ޖޭޕީގެ ރިޔާސީ ކެނޑިޑޭޓަކީ ކާކުކަން ޕާޓީގެ އަސާސީ ގަވައިދުގައި ވަރަށް ސާފުކޮށް ބަޔާން ކުރާ ކަމަށެވެ. އެހެން ކަމުން ޖޭޕީއަށް ގުޅިވަޑައިގެން ”ލްގްޒަރީ ހޯއްދެވުމަށްފަހު ވަޑައިގަންނަވާ ބޭފުޅުން“ ޖޭޕީން ބޭނުންވީ ”ގޮޅި“ ނުލިބުމަކީ އެއީޕާޓީ ލީޑަރުގެ ހިންގުންތެރިކަމުގެ މޮޅުކަން ކަމަށެވެ.

މިކަމާއި ގުޅިގެން ޓްވީޓެއް ކުރައްވާ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އޮތީ ހަމައެކަނި ދެ ޕާޓީއެއް ނޫން ކަމަށެވެ. އަދި ދެ ފިކުރެއް ވެސް ނޫން ކަމަށާއި ވަގުތު އައިސް ޖެހުމުން އެކަން އެނގޭނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފާޑުކިޔުން އަމާޒު ކުރީ ބެލެވޭ ގޮތުގައި ޑރ. ޖަމީލްއަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނައިބަކަށް ހުންނަވަނިކޮށް ވެރިން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޖަމީލް ވަކި ކުރީ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަފަހުއެވެ. އެއަށްފަހު އިނގިރޭސިވިލާތުގައި ޔުނައިޓެޑް އޮޕަޒިޝަންއެއް އުފެދި ޑރ. ޖަމީލް ވަނީ ގާސިމް އާއި ރައީސް މުހައްމަދު ނަޝީދާއި އެކު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ނަމަވެސް ޑރ. ޖަމީލް ޖޭޕީގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ވާދަކުރެއްވުމުން ނާކާމިޔާބު ވުމާއިއެކު މި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވީއެވެ. އަދި މިހާރު މަސައްކަތް ކުރައްވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ. ޑރ. ޖަމީލް ވަނީ ރޭ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ވަރުގަދަ ޕާޓީއަކީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއެވެ. އަދި އިދިކޮޅު ޕީޕއެމްއެވެ. އެހެން ނަމަވެސް ޖޭޕީން އަބަދުވެސް އެކަމާއި ނުރުހުން ފާޅުކޮށް ވެރިކަމަށް އަންނަން އަބަދުވެސް ޖޭޕީގެ އެހީ ބޭނުންވާކަމަށް ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: