ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު މީހަކު ނިޔާވެއްޖެ

ފޮޓޯ: ފައިނޭންޝަލް އެކްސްޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެތެރެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ކުރި ޓްވީޓެއްގައިވަނީ އެ ކަން ކަށަވަރުކޮށްދީފައެވެ. މި ގޮތުން އެޗްޕީއޭއިން މިއަދު ބުނީ، ރާއްޖެްިން ކޮވިދް-19 އަށް ޕޮޒިޓިވްވި މީހުންގެތެރެއިން އިތުރު އަންހެނަކު ނިޔާވެފައިވާކަމަށެވެ. އެއީ ޢުމުރުން 77 އަހަރުގެ ދިވެއްސެއްކަމަށާއި، އޭނާ ނިޔާވީ ރޭގެ މެންދަމު 1:52 ގައި އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށްކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

މި އަންހެން މީހާއާއެކު ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު މިހާރުވަނީ 11 އަށް އިތުރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ، 6 ދިވެހިންގެ އިތުރުން، ބަންގްލަދޭޝްގެ 04 މީހުންނާއި، ޕިލިޕީންސް މީހެއްކަމަށް ވެސް އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: