ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޭސީ ވިޔަސް ބިދޭސީ ވިޔަސް، ހަމަ އިންސާނުން!

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަސައްކަތްތެރިކަމުގެ ސިނާއަތުގައި އެންމެ ގިނަބަޔަކު ހިއްސާވާ އަދި ގިނައަދަދަކަށް ބިދޭސީން އެމަސައްކަތެއްގައި ޝާމިލްވާ އެއްދާއިރާއަކީ ގެދޮރު އިމާރާތްކުރުމުގެ ދާއިރާއެވެ. ނުވަތަ ކޮންސްޓްރަކްޝަން ސިނާއަތެވެ. ކުރިޔާ އަޅާބަލާއިރު ތަރައްގީވަމުން މިދާ ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މިދާއިރާގައި މަސައްކަތްކުރާ މީހުންގެ އަދަދު އެހެން މަސައްކަތްތައްކުރާ ދާއިރާތަކާ އަލާބަލާއިރު ދެންނެވޭނީ ނިސްބަތުން ގިނަވެފައި އިތުރުކަމަށެވެ.

ޚާއްސަކޮށް އެންމެ ގިނަ އަދަދަކަށް އެދާއިރާއެއްގައި ބިދޭސީން ޙަރަކާތް ތެރިވަނީ އިމާރާތް ކުރުމުގެ ދާއިރާގައޭ ވެސް ބުނެވިދާނެއެވެ. ފަހަރުގާ މިހެން މިވަނީ މިދާއިރާގައި ކުރަންޖެހޭ މަސައްކަތާ އަޅާބަލާ އިރު ލިބޭ މުސާރަ ކުޑަވުމުންނާއި އެކަމަށް ދިވެހިން ކުރިމަތިލާން ފަސްޖެހޭތީ ކަމަށްވުމަކީ އެކަށީގެންވާކަމެކެވެ. ނުވަތަ ބިދޭސީންނަށް ކުޑަ މުސާރައެއް ދީގެން މިކަން މިގޮތައް ކުރެވޭތީ ފަޒީފާދޭ ބައެއްފަރާތްތަކުން ދިވެހިނަށް މާބޮޑު ސަމާލުކަމެއް ނުދެނީކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ކަންމިހެން އޮތްނަމަވެސް މިދާއިރާގައި މަސައްކަތްކުރަނީ ދޭސީ ވިޔަސް ބިދޭސީ ވިޔަސް ހަމަ އަޅުގަނޑުމެން ފަދަ އިންސާނުން ކަމަށް ވީހިދު އެބަޔަކާ ދޭތެރޭ ވިސްނާލުމަކީ ނެއްކަމެއްނޫނެވެ. ގައިގެކުލަ ތަފާތުވެފައި ވާހަކަދައްކާ ބަހުރުވަ އަޅުގަނޑުމެނަށް ނޭގުނު ނަމަވެސް މިއަދު އަޅުގަނޑުމެން ބޯހިޔާ ކޮށްލުމައްޓަކައި މިވަންނަންޖެހެނީ އެފަދަ ކޮންމެވެސް މީހެއްގެ ކޮންމެވެސް ވަރެއްގެ ޙިއްސާ އެއް އެކުލެވިގެންވާ އިމާރާތަކަށް ނުވަތަ ގެޔަކަށެވެ.

މިފަދަ ގެތަށް ނުވަތަ ބޮޑެތި ބިލްޑިންތައް އިމާރާތް ކުރެވެމުން ދާއިރު ބައެއް ހާލަތްތަކުގައި މިކަމަކީ ކިހާ ނުރައްކާތެރި މަސައްކަތެއްކަން ތީގެތެރެއިން އެގިލައްވަނީ ކިތައް ބޭފުޅުންނަށްތޯ މީ އުފެދޭސުވާލެކެވެ. ޖެހިގެން ހުންނަ އިމާރާތުގައި މަސައްކަތް ކުރާއިރު އަޑު ގަދަވެގެން ޝަކުވާކުރާއިރު އެކަމުގައި މައްސޫލުވެގެން އުޅޭ ނިކަމެތި ބިދޭސީ މިޙާގެ ރައްކާތެރިކަމަށް އެޅިފައިވަނީ ކޮންފިޔަވަޅެއްތޯ ބަލާލެވުނީ ކިތައްބޭފުޅުންނަށްބާއެވެ. އުސް އިމާރާތް ތަކުގެ މަތީގައި މަސައްކަތްކުރަމުން ދާއިރު ސަލާމަތީ ގޮތުން އެޅިފައި ހުންނަން ޖެހޭ އެއްވެސް ފިޔަވަޅެއް މަދުން ނޫނީ އެޅިފައި ނުހުންތަން ފެނުމަކީ ކަންބޮޑުވާން ޖެހޭކަމެކެވެ.

ދެން އޮތީ މަސައްކަތް ކުރުވާފައިވާ މުސާރަ ނުދޭ މައްސަލައެވެ. ހަމަސް ދުވަސްވަންދެން ބުރަ މަސައްކަތްކުރުވާފައި މުސާރަ ނުދޭ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ. ދާދިފަހުންވެސް އެކަހަލަ ކަމެއްވަނީ ހިނގާފައެވެ. އޭގެ އިތުރުން ދިވެހި ރާއްޖޭގަ 80 ހާހެއްހާ ބިދޭސީން ލިޔެކިއުން ނެތި އުޅޭކަން ސަރުކާރަށް އިގުނީ އިންޔެ އަކު މިއަދަކު ނޫނެވެ. ސަރުކާރުތަކުގެ ނުކުޅެދުން ތެރިކަމުން ބިދޭސީންގެ މައްސަލަ ބޮޑުވެގެން ދިޔައީއެވެ. އެމީހުން ގެނެސް މާލެތެރެއަށް ދޫށްކޮލި މީހުން ހޯދާ ފިޔަވަޅެއް ނޭޅުނެވެ. ކުރެވުނު ތަހުގީގެއް ބެލުނު މައްސަލަ އެއް ނެތެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ޤާނޫނު ހަދަން އިނދެ، ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސިން ލައްވާ މަސައްކަތް ކުރުވުން އެއީ ގާނޫނީ ގޮތުން މަނާ ކަމެއް އެނގިގުރެ، މަޖްލިސް މެމްބަރުން އެ ވިޔަފާރި ކުރުމަކީ ހުތުރު އަމަލެކެވެ. މި ގޮތަށް ރާއްޖޭގައި ބަޔަކު އަޅުވެތިކޮށްގެން މަސައްކަތް ކުރުވާތާ ލައްކަ ޒަމާން ވެއްޖެއެވެ. ކޮންމެ ސަރުކާރަކުން ވެސް ބަލަނީ އަމިއްލަ ފައިދާއަށް އެމީހުން އެ ގޮތުގައި ގެންގުޅޭ ށެވެ.

މުސާރަ ނުދިނުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. މަސައްކަތުގެ އުޖޫރަ ނުދިނުމަކީ އެތައް އާއިލާއަކަށް އޭގެ ދތިކަމާއި ވޭން ތަހައްމަލް ކުރަން ޖެހޭ ކަމެކެވެ. އެތަސް ހާސް މޭލު ދުރަކަށް އައިސް ގުދާރު ބިންދައިގެން މަސައްކަތްކުރަނީ ގައުމުގައި ތިބި އާއިލާ ޙައްޤުގައެވެ. ހަމައެހެންމެ މުސާރަ ނުދިނުމަކީ، އެކަމާއި ގުޅިގެން ރައްޔިތުން ހިސޯރުކޮށް ތަންތަނަށާއި ތަކެއްޗަށް ގެއްލުންދީ ސަލާމަތީ ބާރުތަކާއި ކުރިމަތިލުމެއް ނޫނެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: