ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޒާގެ މުދާތައް ނަގައިގެން ވިޔަސް ބިދޭސީންނަށް މުސާރަ ދޭންޖެހޭ: ނަވާނަވައި

ބޮޑު ފިނޮޅުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަތައް/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންތަކެއް ލައްވާ މުސާރަ ނުދީ މަސައްކަތް ކުރުވި ރިޒް ކުންފުނީގެ ވެރިޔާ، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މުދާތައް ނަގައިގެން ވިޔަސް މުވައްޒަފުންނަށް ދޭން ޖެހޭ މުސާރައިގެ ފައިސާ ސަރުކާރުން ދިނުމަށް ނަވާނަވައިއިން ގޮވާލައިފި އެވެ.

ބ. ބޮޑުފިނޮޅުގައި އެތައް ބިދޭސީންތަކަށް މުސާރަ ނުދޭތާ ހަތް މަސް ވަނީ ވެފަ އެވެ. އަލީ ރިޒާ ވެސް އެކަމަށް އިއުތިރާފުވެފައިވެ އެވެ. މުސާރައިގެ މައްސަލާގައި ބިދޭސީން ވަނީ ދިވެހިންތަކެއް ރަހީނުކޮށް ރަށުގައި ހަމަނުޖެހުން ހިންގާފައެވެ.

މައްސަލައިގައި ނަވާނަވައިއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ބޮޑު ފިނޮޅުގައި ހަދަމުންދާ ރިސޯޓުގެ ބިދޭސީ މަސައްކަތްތެރިން ދިވެހި މަސައްކަތްތެރިން ރަހީނުކުރުމަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި މިހާލަތު ނިމުމަކަށް ގެނައުމުގައި ބާރުގެ ބޭނުން ނުކޮށް ދިވެހިންނާއި ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާކަމަށެވެ. ނަވާނަވައިގެ ބަޔާނުގައި ބުނެފައިވަނީ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެފައިވާ ފަރާތްތައް ފުރިހަމައަށް ޖަވާބުދާރީ ކުރުވައި މަސައްކަތްތެރިން ގޮވާލާ ކަންކަމަށް އިޖާބަ ދިނުމަށް ކަމާއި ބެހޭ އިދާރާތްތަކަށް ވެސް އިލްތިމާސް ކުރާ ކަމާށެވެ.

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންގެ އުޖޫރަ ހަމައަށް ނުދީ، އެ ފަރާތްތަކުގެ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުން އެ މަސައްކަތްތެރިންނާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިހުރުމަށް ނުރައްކާވާކަން ވެސް ގަބޫލު ކުރަން ޖެހޭނެ ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މަސައްކަތްތެރިންނާއި، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެ ޖަމިއްޔާއިން ބުނެފައިވަނީ ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތް ކުރުވާ ކުންފުނީގެ ވެރިފަރާތް ކަމުގައި ވާ ށ. މިލަންދޫ ދައިރަގެ މެމްބަރު އަލީ ރިޒާގެ އެކައުންޓުތައް ފްރީޒްކޮށް އޭނާގެ މުދާތައް ނަގައިގެން ވިޔަސް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. އަދި ރިޒާ އަކީ އިންސާފުގެ ކުރި މައްޗަށް ގެންނަން ޖެހޭ މީހެއް ކަމަށާއި، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރަން ސަރުކާރަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.  

މިދިޔަ ބުރާސްފަތި ދުވަހު ހިނގައިދިޔަ އެ ހަމަނުޖެހުންތަކުގެ ތެރޭގައި 14 ދިވެއްސަކު ރަހީނު ކުރިއެވެ. މައްސަލައިގައި ބިދޭސީން ބުނެފައިވަނީ ތަފާތު އެކި ފަހަރު މަތީން މުސާރަ ދިނުމަށް އެދިފައިވާނެ ކަމަށާއި އެހެން ނަމަވެސް ހަތް މަސް ދުވަސް ވަންދެން މަސައްކަތް ކުރުވުވާފައުވަނީ އެއްވެސް މުސާރައެއް ނުދީ ކަމަށެވެ.

މުސާރައިގެ މައްސަލައިގައި ރިޒާ ވިދާޅުވީ މުވައްޒަފުންނަށް މުސާރަ ދެވިފައިނުވަނީ ކުންފުންޏަށް ފައިސާ ދޭންޖެހޭ ފަރާތްތަކުން ފައިސާ ނުދޭތީ ކަމަށެވެ. އެހެން ނަމަވެސް ރިޒާގެ ވަހަކަތަކަށް ރައްދު ދީ، ސީލް މޯލްޑިވްސް ކުންފުނިން ބުނެފައިވަނީ ދޭންޖެހޭ ވަރަށް ވުރެ އިތުރަށް ވެސް ފައިސާ ދީފައިވަނެ ކަމަށާއި، ފައިސާ ނުދެވެން ވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ރިޒް ކުންފުނިން ރިސޯޓުގެ މަސައްކަތްތަކުގެ 80 އިންސައްތަ ނިމިފައިވާ ކަމަށް ބުނި ނަމަވެސް އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި އެއްވެސް މުސާރައެއް ނުދީ ބިދޭސީން ލައްވާ މަސައްކަތް ކުރުވުން ވަނީ އިތުރުވެފައެވެ. ހަމަނުޖެހުން ހިންގި ބިދޭސީންގެ ތެރެއިން 19 މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ. އަދި ބަންދު ޖެހި ބިދޭސީންނާއި، ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން އަންނަނީ އެ ރަށުގައި ހަރަކާތެރިވަމުންނެވެ.

ނަވާނައިގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެނުއިރު ނަވާނަވައިގެ ސްޕޯކްސްޕާސަން ފާތުމަތު ސާއިރާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބިދޭސީންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގޮވާލާފައެވެ. އަދި މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލަ ބަލާ ތަހުގީގު ކުރުމަށް ވެސް ގޮވާލާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: