ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައޫދީގެ ފަންޑު ފޯ ޑިވެލޮޕްމަންޓުން ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ދެ މަޝްރޫއަކަށް ސައޫދީ އަރަބިއްޔާގެ ފަންޑު ފޯ ޑިވެލޮޕްމަންޓުން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ލޯނެއް ދޭން އެއްބަސްވެއްޖެއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސްވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެހީވުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ ފަންޑު ފޯ ޑިވެލޮޕްމަންޓުން ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

މި އެއްބަސްވުމުގެ ދަށުން، ބޯހިޔާވަހިކަމަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) އަދި މަސްވެރިކަމަށް 25 މިލިއަން ޑޮލަރު ހަމަޖެހޭނެއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން، ރާއްޖެ އާއި ސައުދީއާ ދެމެދުގެ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. 

ސައޫދީން ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ ތަރައްގީ އަށް ކުރިއަގެންދާ ބައެއް ޕްރޮޖެކްޓުތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ސައޫދީ އަރަބިއްޔާގެ ފަންޑު ފޯ ޑިވެލޮޕްމަންޓުން ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނަކީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 25 އަހަރުގެ ތެރޭގައި އަބުރާ ދައްކާ ގޮތަށް ދިން ލޯނެކެވެ.

ލޯނުން އިންޓްރެސްޓުގެ ގޮތުގައި ނަގާނީ ދެ ޕަސެންޓު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: