ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމް ސަޕޯޓުގެ ގޮތުގައި 10.1 މިލިއަން ރުފިޔާ ދޫކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލި މާލީގޮތުން ދަތިކަން ކުރިމަތިވި ފަރާތްތަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 10.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ކޮވިޑާ ގުޅިގެން ވަޒީފާއަށް އަސަރު ކުރި މީހުންނަށް 5،000ރ. ގެ އިނާޔަތެއް ދިނުމަށް ސަރުކާރުން ކުރިން ވަނީ ނިންމާފަ އެވެ.

އެގޮތުން އިންކަމް ސަޕޯޓުގެ ގޮތުގައި 10.1 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ 2,507 މީހަކަށެވެ. އަދި އެއީ ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގެ ތެރެއިންކުރާ ޚަރަދެކެވެ.

ސަރުކާރުން ދޭން ނިންމާފައިވާ އެލަވަންސް ދޭނީ މިއަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހަށް ފަހުން ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

ސަރުކާރުން ދޭ އިންކަމް ސަޕޯޓަށް އެހީވާން ވޯލްޑް ބޭންކުން ދާދި ފަހުން ވަނީ 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 197 މިލިއަން ރުފިޔާ) ދޭން ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: