ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ރައްޔިތުން މާލޭ ސަރަހައްދަށް ގެނެސް އަވަދިކުރާކަށް ނެތިން: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ހުރިހާ ރައްޔިތުން މާލޭ ސަރަހައްދަށް ގެނެސް ތޮއްޖައްސާ އަވަދިކުރާކަށް އެމްޑީޕީން ބޭނުންނުވާ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ބޭނުންވަނީ މުޅި ރާއްޖެ ތަރައްޤީކުރުމަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަނީ އެމްޑީޕީން ރައްޔިތުންނަށްވީ އެވަޢުދުތައް ފުއްދުމުގައި އަވަދިނެތިކަމަށެވެ. އަދި އެ ވަޢުދުތައް ފުއްދުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީން އާދަޔާ ޚިލާފު ނިންމުމެއް ނިންމައިފި ކަމަށާއި އެގޮތުން ރާއްޖޭ އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ އުތުރާއި ދެކުނުގެ ބަނދަރުތަކަށް ބޭލުމުން 50 ޕަސެންޓް ޑިއުޓީ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެއަށްވުރެ ބޮޑަކަށް ލާމަރުކަޒީ ކުރެވޭނެ އުސޫލެއް އެމަނިކުފާނަކަށް ފެނިވަޑައެއް ނުގަންނަވައެވެ. އަދި އެ ދެ ބަނދަރު ފަތު އަޑު ކިޔާފައި ހިނގަންފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމައިފި އާދަޔާހިލާފު ނިންމުމެއް. މި ދިވެހިރާއްޖެއަށް އެތެރެކުރާ ކޮންމެ އެއްޗެއް ނަމަވެސް ޑިއުޓީއަށް ނަގާ ނިސްބަތް ފަންސާސް ޕަސެންޓުން ކުޑަވާނޭ އުތުރާ ދެކުނުގެ ބަނދަރަށް ބޭލީމާ. އެއަށް ވުރެ ބޮޑަށް ލާމަރުކަޒީ ނިޒާމުގެ އުސޫލެއް އަޅުގަނޑަކަށް ނުފެނޭ” ރައީސް ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ އިޤުތިޞާދީ ހާލަތާއި ގުޅިގެން ވެސް ސަރުކާރުގެ ވައުދުތައް ފުއްދަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާއި ސަރުކާރަކީ ރައްޔިތުންގެ ނޯކަރީން ކަމަށާއި ރައްޔިތުންގެ އަޑު އަބަދުވެސް އަހާނެ ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އެހުމަށް ދިމާއެނދުގައި އޮންނަން ޖެހިވަޑައިގަތަސް އެކަންވެސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖެ މިއޮތީ އިޤްތިޞަދީ ބޮޑު ދަތިކަމެއްގައި ކަމަށާ، މިކަމުން އަރައިގަނެ މިސަރުކާރުގެ ހުރިހާ ވަޢުދެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުއްދަވާނެކަން ޔަޤީންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ އިން ފިޔަވަޅު އަޅަމުން ގެންދަނީ ހަމައެކަނި ޕީޕީއެމްގެ ފިކުރަށް ތާއިދު ކުރާ ފަނޑިޔާރުންނަށް އެކަނި ނޫން ކަމަށެވެ. އެމްޑީޕީއާ ގާތް އެކުވެރި މާކުރަތު މެޖިސްޓްރޭޓަށް ވެސް ފިޔަވަޅު އަޅައި، އޭނާ ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: