ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫންއަކީ ހީލަތް ހައްދަވާ ބޭފުޅެއް، ކޯލިޝަނުން އެމްއާރްއެމް ވަކިކުރުމުގެ މަސައްކަތް ފަށައިފިން: ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރު އެކުލެވިފައިވާ ކޯލިޝަނުން މޯލްޑިވްސް ރިފޯމް މޫވްމަންޓް، ވަކިކުރުމަށް ކުރަންޖެހޭ ހުރިހައި މަސައްކަތްކުރުމަށް، ދިވެހި ރައްޔިތުންގެ ޕާޓީން ފަށާފައިވާކަމަށް، އެ ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ފޮނުއްވެވި ސިޓީއެއްގައި ޖާބިރު ވިދާޅުވީ، ރައީސް މައުމޫނަކީ، ވަޢުދަށް ޙުރުމަތްތެރިކޮށް ނުހިއްތަވާ، އިތުރުފުޅު ހައްދަވާ، ހީލަތް ހައްދަވާ، ބަހުގައި ތެދުވެރިކަން ނެތް ބޭފުޅެއްކަން ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެހައި ޕާޓީތަކަށް ސާބިތުކޮށްދެއްވާނެކަމަށެވެ. މި ގޮތުން، ދިވެހި ސަރުކާރު އެކުލެވިފައިވާ ކޯލިޝަނުން ރައީސް މައުމޫނުގެ ޕާޓީކަމަށްވާ އެމްއާރްއެމް ވަކިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ޑީއާރުޕީން މިހާރު ފަށާފައިވާކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިންމު ިނިންމުންތަކުގައި އަދި ދިވެހި ސަރުކާރު ނެގެހެއްޓުމުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވަޢުދުވެވަޑައިގެން، ރައީސް މައުމޫން ވަނީ 29 މިލިއަން ރުފިޔާ ނަންގަވާފައިކަމަށާއި، އެކަން ޚުދު ރައީސް މައުމޫނަށް ވެސް އެނގިވަޑައިގަންނަވާނޭކަމަށެވެ. އަދި އެ ވަޢުދުތައް ފުއްދަވައި ނުދެވިއްޖެ ހާލަތެއްގައި، ރައީސް މައުމޫނުގެ ގެކޮޅުކަމަށްވާ މއ.ކިނބިގަސްދޮށުގެ ދެއްވާނެކަމަށް ހެކިންގެ ހާޒިރުގައި ވިދާޅުވިވާހަކަ ވެސް ޚުދު ރައީސް މައުމޫން ހަނދުމަފުޅުގައި ހުންނާނެކަމަށް ވެސް ޖާބިރުގެ ސިޓީގައި ބުނެފައިވެއެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ ވަލިއްޔުލްއަމްރުގެ މަޤާމުގައި 30 އަހަރު ހުންނެވި ބޭފުޅަކު، ވެވަޑައިގެންފައިވާ ވަޢުދުތަކަށް އެއްވެސް އިހުތިރާމުކުރެއްވުމެއްނެތި، ފައިސާގެ އެއްވެސް މުޢާމަލާތެއް ނުކުރައްވާކަމަށާއި، އެއްވެސް ފައިސާއެއް ނުނަންގަވާކަމަށް ވިދާޅުވެ ކަނޑައެޅިގެން އިތުރުފުޅު ހެއްދެވުމަކީ، ހިތާމަކުރައްވާކަމެއް ކަމަށެވެ. އަދި މިގޮތުން ޢަމަލުފުޅުތައް ހުރުމާއެކު، 29 މިލިއަން ރުފިޔާ އަނބުރާ ހޯދަން މަދަނީކޯޓަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލަތަކުގެ އިތުރުން، ސަރުކާރު އެކުލެވިފައިވާ ކޯލިޝަނުން ރައީސް މައުމޫނުގެ ޕާޓީކަމަށްވާ އެމްއާރްއެމް ވަކިކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފަށާފައިވާކަމަށެވެ.

ޖާބިރު އަތުން ރައީސް މައުމޫން 29 މިލއަން ރުފިޔާ ނަންގަވާފައިވާކަމަށް ތަކުރާރުކޮށް ވިދާޅުވެ ތުހުމަތުތައް ކުރައްވަމުންދާއިރު،  އެމްއާރުއެމް އިން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. ޖާބިރު ވަނީ މީގެކުރިން އެ ފައިސާ މާފުކރައްވާފައިވާކަމަށް ވެސް ވިދާޅުވެފައެވެ. ރައީސް މައުމޫނު ނެންގެވިކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާ ހޯދަން މަދަނީ ކޯޓަށް މައްސަލަ ހުށަހަޅުއެްވާފައިވަނީ އޭގެފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: