ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑުފިނޮޅުގައި ދިވެހިން ރަހީނުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީންގެ ހައްގުގައި ޖޭއެސްސީއަށް!

ބ ބޮޑުފިނޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަންގެ ޔެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ތުޅާދު އާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށް ނަގާފައިވާ، ރަށުގައި ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ބިދޭސީންގެ ހައްގުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށް ނަގާފައިވާ، ރަށުގައި ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް ބ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. 

ބޮޑުފިނޮޅުން ހައްޔަރު ކުރި 19 ބިދޭސީންގެ ހަގުގައި ޖޭއެސްސީއަށް މައްސަލަ ހުށަހެޅީ އެ މީހުންގެ ގާނޫނީ ވަކީލް އާމިނަތު ނަޝްއާ އާދިލްއެވެ. އެގޮތުން ބިދޭސީންގެ ފަރާތުން ޖޭއެސްސީއަށް މައްސަލަ ހުށަހެޅީ އެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި އަޑުއެހުމުގައި އެ މީހުންނަށް ލިބެންޖެހޭ ހައްގުތަކެއް ދީފައި ނުވާ ކަމަށް ބުނެއެވެ. 

ބިދޭސީންގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައާއި ގުޅޭ ގޮތުން އެ މީހުންގެ ވަކީލް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ބ ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީންގެ ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި ޝަރީޢަތުގައި އެ މީހުންނަށް ތަރިޖަމާނެއް ހަމަޖައްސަދީފައެއް ނުވެއެވެ. އަދި ފުލުހުން ޝަރީޢަތަށް ހުށަހެޅި ބިދޭސީންގެ ބަޔާންތަކުގައި ފުލުހުން ސޮއިކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ވަނީ ކޮށްފައެވެ. 

މީގެއިތުރުން ބ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ބިދޭސީންގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސްފިނަމަ ބިދޭސީންނަށް އިންސާފް ލިބިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވަނީ ބުނެފައެވެ. ސަބަބެއްގެ ގޮތުގައި ބިދޭސީންގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ބޮޑުފިނޮޅުގެ ޑިވޮލޮޕަރު ސީލްމޯލްޑިވްސްއަށް ނިސްބަތްވާ މުވައްޒަފުންތަކެއް އެ މީހުންނަށް ބިރު ދައްކައި އިންޒާރު ދީފައިވުމާއި އަދި ބޮޑުފިނޮޅުގެ މައްސަލަ މީގެކުރިން ވެސް ބ އަތޮޅު ފުލުހުންނަށް ހުށަހެޅި ނަމަވެސް ބަލާފައި ނުވުމަކީ ބ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ބިދޭސީންނަށް އިންސާފް ނުލިބޭނެ ސަބަބެއް ކަމަށް ވަނީ ބުނެފައެވެ. 

ބިދޭސީންގެ ގާނޫނީ ވަކީލް ޖޭއެސްސީއަށް ހުށަހެޅި މައްސަލައާއި ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި  ބޮޑުފިނޮޅުގެ ހަމަނުޖެހުން ހިނގީ ސީ މޯލްޑިވްސްގެ މުހައްމަދު އިދުރީސް ނަމަކަށް ކިޔާ މީހަކު ބިދޭސީންނަށް ބިރު ދެއްކުމުންނެވެ. އަދި އެ މީހުންނަށް މުސާރަ ނުދީ ޑީޕޯޓްކޮށް ރަށަށް ފޮނުވާލާނެ ކަމަށް ބުނި ކަމަށް ބަޔާނުގައިވެ އެވެ. މި އިންޒާރާ އެކު ގޭންގް ބަޔަކު ރަށަށް އަރަން މަސައްކަތް ކުރުމުން އަމިއްލަ ސަލާމަތަށް އެ މީހުން ހުއްޓުވި ކަމަށް ބިދޭސީންނާ ހަވާލާދީ ބަޔާނުގައިވެ އެވެ. އަދި ބިދޭސީން ފުލުހުންނާއި ކުރިމަތިލީ ގޭންގް ބައެއް ކަމަށް ހީކޮށް ކަމަށް ވެސް ވަނީ ބުނެފައެވެ،. 

މީގެއިތުރުން ބިދޭސީންގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައާއި ގުޅޭ ބަޔާނުގައި ބުނެފައިވާ ގޮތުގައި މި މައްސަލަ ބިދޭސީންގެ ފަރާތުން އެޗްއާރުސީއެމްއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: