ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންއައިސީއަށް ރައީސް ޔާމިނު ޢައްޔަންކުރި 04 މެންބަރުން މަޤާމުން ވަކިކުރަން ރައީސް ޞާލިޙަށް ލަފާއަރުވަން ނިންމައިފި

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންއާ ގުޅޭ މައްސަލަ ދިރާސާކުރުމުގެތެރެއިން. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހަތަރު މެންބަރަކު ވަކިކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ލަފާއެރުވުމަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުޢައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ރައީސް ޔާމިނުގެ ސަރުކާރުގައި އެންއައިސީއަށް ޢައްޔަންކޮށްފައިވާ މި 04 މެންބަރުންނަކީ އެންއައިސީގެ ރައީސް އަޙްމަދު ސުލައިމާނާއި، ނައިބު ރައީސް ހައްސާން ޙަމީދާއި، މެންބަރު އަޙްމަދު އަމީންގެ އިތުރުން މެންބަރު ޚަދީޖާ ޢަބްދުﷲ އެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގެ މެންބަރަކަށް ދެން އިންނަވަނީ، 2019 ވަނަ އަހަރު ނޮވެމްބަރު މަހުގައި އެ ކޮމިޝަނަށް ޢައްޔަންކުރި، ކާނަލް (ރޓޑ) އަޙްމަދު ޖިހާދެވެ.

ކާނަލް (ރޓޑ) އަޙްމަދު ޖިހާދު ފިޔަވައި ދެން ތިއްބެވި މެންބަރުން އެކަށީގެންވާ ގޮތެއްގައި މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާކަމަށް ވިދާޅުވެ، އެ 04 މެންބަރުން ވަކިކުރުމަށްޓަކައި ރައީސް ޞާލިޙަށް ލަފާއަރުވަން ސިޓީއެއް ފޮނުއްވަވަން ނިންމެވީ، ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިޝާމެވެ. މިނިވަން މުޢައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރު ވިޝާމްގެ ހުށަހެޅުއްވުނަ ވަނީ ފާސްކޮށްފައެވެ.

ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިޝާމް. ފައިލް ފޮޓޯ

މި ގޮތުން ކޮމިޓީގެ މި ހުށަހެޅުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައިވާއިރު، މި ހުށަހެޅުމަށް މަޖިލީހުން ބަހުސްކޮށް ގޮތެއް ނިންމުމަށްފަހު އެންއައިސީއަށް މެންބަރުން އިޚުތިޔާރުކުރެއްވުމުގެ ބާރުލިބިދޭ ހަމައެކަނި ފަރާތްކަމަށްވާ ރައީސް ޞާލިޙަށް ލަފާއަރުވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: