ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންވިޔަސް އަދީބުގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފި

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސްގެ އަހުމަދު އަދީބު ޣަފޫރު މިނިވަން ވިޔަސް، ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާ ކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނެރެފި އެވެ.

ކްރިމިނަލް ކޯޓުން އެފަދަ އަމުރެއް ނެރިފައި މިވަނީ އެފަދަ އަމުރަކަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދުމުންނެވެ.

އަދީބު މިނިވަންވެފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީމައެވެ. ދައުވާތައް ބާތިލު ކުރުމާއެކު އަދީބު ވަނީ މިނިވަންވެފަ އެވެ. އަދީބު ބަންދުގައި ހުރީ ކުރިމިނަލް ކޯޓުގައި އޮތް ދައުވާތަކާ ގުޅިގެންނެވެ.

އަދީބު ފުރުން މަނާކުރިއިރު، މީގެ ކުރިން ޓަގް ބޯޓެއްގައި ފިއްލަވައިގެން އިންޑިއާ އަދީބު ވަނީ ވަޑައިގަންނަވާފައެވެ. އަދި އެ މައްސަލައިގައި ވެސް ހުކުމް ކުރި އެވެ. އެ ހުކުމް ވެސް އަދީބު ވަނީ ތަންފީޒު ކުރައްވައިފަ އެވެ. އޭގެ ފަހުން އަދީބު ދިރިއުޅުއްވާ ގޭގެ ބޭރުގައި ފުލުހުން ގެންދިޔައީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން ކުރި ހަތް ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ އަންގާރަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން ނިންމުމުގައި ވަނީ އަދީބާ އެކު، ދައުލަތުން އިއުތިރާފްގެ އެއްބަސްވުން ހަދާފައިވަނީ އަދީބު ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ޝަރުތު ކުރުމަށް ފަހު ކަމަށާއި އެކަމަކު ގައިދީންގެ ބޭސްފަރުވާއާ ގުުޅޭ ކަންކަމަކީ ޕީޖީގެ ޒިންމާއެއް އޮތް ކަމަކަށް ނުވާތީ އެ އެއްބަސްވުން ސައްހަ ނޫން ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ވިދާޅުވީ އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނުފް ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: