ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބަށް ކުރި ދައުވާތައް ބޭރުކޮށްލި މައްސަލަ މަޖިލީހަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ޚިޔާނާތުގެ މައްސަލަތަކެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލު ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މަޖިލީހަށް ހުށަހެޅުއްވީ އަދީބަށް ކުރި ދައުވާތައް ކޯޓުން ބޭރުކޮށްލީ އިޖުރާއާތުތަކާ ޚިލާފަށް ކަމަށް ވިދާޅުވެއެވެ.

ހަސަން ހުށަހެޅުއްވި މައްސަލަގައި ވަނީ ކުށަށް އިއުތިރާފުވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ ދެމެދު ހެދި އެއްބަސްވުން ގޯސް ކަމަށް ކޯޓުން ނިންމީ އަދީބު އެގޮތަށް އެދިވަޑައިގެންފައި ނުވަނީސް ކޯޓުގެ އިސް ނެގުމަށް ކަމަށެވެ.

އެއްބަސްވުން ބާތިލް ކުރުމަށް ފަހު ހެކިތަކާ އެކު، މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު ކޯޓުން ދީފައި ނުވަނީ ގާނޫނާ ޚިލާފަށް ކަމަށް ހަސަންގެ ހުށަހެޅުއްވުމުގައި ވެ އެވެ.

ހަސަން ވިދާޅުވީ މި މައްސަލަތައް ކޯޓުން ބޭރުކޮށްލުމުގައި ރިއާޔަތްކުރީ ދައުލަތާއި އަދީބާ ދެމެދު ވެފައިވާ އެއްބަސްވުމުގައި އަދީބު ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނުމުގެ ވާހަކައަށް ކަމަށެވެ.

ދައުވާ އުފުލޭ މީހަކު ފަހުން އެ ދައުވާއަށް އިންކާރު ކުރިޔަސް ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ދައުލަތަށް ފުރުސަތު ދޭން ވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވިޔަސް އެފުރުސަތު ދީފައިނުވާ ކަމަށްވެސް ހަސަންގެ ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

ހަސަން ވިދާޅުވީ އަދީބުގެ މައްސަލަ ކޯޓުން ބޭރުކޮށް ގާޒީ ރަޝީދު ހުކުމް ކޮށްފައި ވަނީ އަދީބުގެ އިއުތިރާފުގެ އިތުރުން ދައުވާ ސާބިތުވާނެ ކިތާބީ ހެކިތައް ވެސް ހުއްޓާ ކަމަށެވެ.

އަދީބުގެ ޝަރީއަތް ހިނގާދިޔަ ގޮތާއި އިޝާރާތް ކުރައްވާ ހަސަންވަނީ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖޭއެސްސީއިން ބެލުމަށް މަޖިލީހުގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅުމަށް ގޮވާލައްވާފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ކުރި ހަތް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ކްރިމިނަލް ކޯޓުން އެ މައްސަލަތައް ބޭރުކޮށްލުމުން އަދީބު ވަނީ މިނިވަންވެފައެވެ.

އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުން އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެ ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނުފް ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އެ ނިންމުމުގައި ދައުލަތުން ހުށަހަޅާފައި ނެތް ލިޔުންތަކަށް ވަނީ ރިއާޔަތްކޮށްފަ އެވެ. އެއީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށާއި އެހެންވެ، އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނެ ކަމަށް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: