ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ޒުވާނުންނަކީ ގޮންޖެހުންތަކާއި ކުރިމަތިލައި، ކުރިމަގާއި މެދު ވިސްނާ ބަޔަކަށް ވާން ޖެހޭ: ނައިބް ރައީސް

ނައިބް ރައީސް ފައިސަލް ނަސީމް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ޒުވާނުންނަކީ، އެކަކު އަނެކަކަށް އިޙްތިރާމު ކުރާ، ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި ކުރިމަތިލައި، ލިބިފައިވާ ޢިލްމާއި ހުނަރު އަނެކާއާއި ޙިއްޞާކޮށް، އަދި ކުރިމަގާއި މެދު ވިސްނާ ބަޔަކަށްވުމަށް އަޒުމު ކަނޑައެޅުމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވައިލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ހިންގާ ”ސްކިލްސް ފޯރ އަ ރިސިލިއަންޓް ވަރކް ފޯސް“ ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި ގޮތުގައި، ދިވެހި ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާތަކުން ކުރިއަށްދިއުމުގައި ފުރުޞަތުތައް ފަހިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭ ކަމެކެވެ. އަދި، ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދާއި ވަޒީފާގެ ބާޒާރަށް ބޮޑު ހީނަރުމެއް އައިސްފައިވާ މި ހާލަތުގައި، ދުޅަހެޔޮ އިޤްތިޞާދަކާއި އަރައި ހަމަކުރުމަށް މިހާރުން ފެށިގެން ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ބިނާކޮށް ތަމްރީނުކުރުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި، ވަޒީފާގެ މައިދާނަށް ޒުވާނުން ނުކުތުމަކީ، އިޖްތިމާޢީ ވަރަށް ގިނަ މައްސަލަތަކެއް ހައްލުކުރުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅެވެ. އަދި ޒިންމާދާރުކަމާއެކު މަސައްކަތުގައި ވަގުތު ހޭދަކުރާ ޒުވާނުންނަށް ފޫހިކަމާއި އެކަނިވެރިކަމުގެ އިޙްސާސްތަކާއި، ކުށްކުރުމުގެ އާދަތަކާއި ދުރުވެލިވާން ފަސޭހަވާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މިއަދު ފެށި ޕްރޮގްރާމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވެ، އެ މީހުން ޝައުޤުވެރިވާ ދާއިރާއަކުން ތަޢުލީމާއި ތަމްރީނު ލިބި، ވަޒީފާގެ މައިދާނަށް ނުކުތުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެކެވެ. އަދި، ބިދޭސީ މަސައްކަތްތެރީންގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތައް ހައްލު ކުރެވޭނީ، ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންގެ ޖީލެއް ބިނާކޮށްގެން ކަމާއި، މިއީ އިޤްތިޞާދު އިތުރަށް ފުޅާކުރުމަށް އޮތް ހައްލު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: