ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު ޢައްޔަންކޮށް، ބޯޑަށް ބަދަލުތަކެއް ގެނެސްފި

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު އެމްޓީސީސީން ބުނީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު ޢައްޔަންކޮށްފައިވާކަމަށާއި، އަދި އެ ބަދަލާއެކު ޑިރެކްޓަރުންގެ ބޯޑަށް  ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

މި ގޮތުން އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކުރައްވާފައިވަނީ، ފ.ފީއަލި/ރޭވަވިލާ، މުޙައްމަދު ފަރީދުކަމަށް އެ ކުންފުނިން ބުނެއެވެ. ފަރީދު ޢައްޔަންކުރައްވާފައިވަނީ، ނޮން އެގްޒެކްޓިވް ޑިރެކްޓަރުގެ މަޤާމަށެވެ.

ފަރީދުގެ އިތުރުން އެމްޓީސީސީ ޑިރެކްޓަރުންގެ ބޯޑުގައި 06 ބޭފުޅަކު ތިއްބަވައެވެ. އެ ބޭފުޅުންގެތެރޭގައި ހިމެނެނީ، ނ.ކުޑަފަރި/ހިޔާވަހި، މުޙައްމަދު ފަހީމާއި، ކ.މާލެ/ސީނުކަރަންކާގެ، އާދަމް އާޒިމާއި، ޅ.ހިންނަވަރު/އިހާ، ޝާހިދު ޙުސައިން މޫސާ އާއި، ދަފްތަރު ނަންބަރު ދރ.950، ސިނާން ޢަލީ އާއި، ދަފްތަރު ނަންބަރު ރސ.698-95 އަޙްމަދު އަބޫބަކުރާއި، ހއ.ކެލާ ފީރޯޒްގެ، ފަތުހުﷲ އިސްމާޢީލް ކަމަށް އެމްޓީސީސީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: