ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު: %66 މަސައްކަތް ނިމިއްޖެ- އެމްޓީސީސީ

ކ.މާފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢު. އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ.މާފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުއާއި ބެހޭ މަޢޫލޫމާތު ޢާންމުކުރަމުން ބުރާސްފަތިދުވަހު އެމްޓީސީސީން ބުނީ، ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑެތި ގާތައް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށެވެ. އަދި މަޝްރޫޢުއަށް ބޭނުންވާ 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހުސްވި ޖޫންމަހުގެ 14 ވަނަދުވަހުގައި ނިންމާފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން، މާފުށީގައި ކުރިއަށްގެންދާ މި މަޝްރޫޢޫގެ ދަށުން 1110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހޭނެކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫޢުއަކީ، މާފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއްހޯދުމަށްޓަކައި ފަށާފައިވާ ޕްރޮޖެކްޓެއްކަމަށް އެމްޓީސީސީން ބުނެއެވެ. މިދިޔައަހަރުގެ އޯގަސްޓުމަހުގެ 27 ވަނަދުވަހުގައި އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫޢުއަށް 99.98 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: