ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި ޗައިނާގެ ގުޅުން ހީނަރެއް ނުވާނެ: ޗައިނާ ސަފީރު

ޗައިނާގެ އެހީތެރިކަމަށް ރާއްޖޭގެ ފަރާތުން ޝުކުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދުގައިވާ ގުޅުން ހީނަރު ނުވާނެ ކަމަށް ޗައިނާއިން ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ. 

ޖަންގް މިހެން ވިދާޅުވީ ޗައިނާ-މޯލްޑިވްސް ޖޮއިންޓް މެކޭނިޒަމް އޮން ކޮވިޑް-19 ރެސްޕޯންސްގެ ނަމުގައި މިއަދު ދެ ގައުމުން ގުޅިގެން ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ސަފީރު ވިދާޅުވީ މި ބައްދަލުވުމުގައި ކޮވިޑް-19 އަށްފަހު ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އަޅުވައި، ފަތުރުވެރިކަމާއި ވިޔަފާރީގެ ހަރަކާތްތައް އަވަހަށް ފެށޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ”ވަން ޗައިނާ“ ޕޮލިސީ އަށާއި ޗައިނާއާ އިތުރަށް ގުޅުން ބަދަހިކުރާނެ ކަމުގެ ޔަގީންކަން ވެެސް ދީފައިވާ ކަމަށާއި ޗައިނާއާ މެދު ރާއްޖެއިން ގެންގުޅޭ ޕޮލިސީ އަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

މީގެއިތުރުން ސަފީރު ވަނީ ބައެއް ފަރާތްތަކުން ޒިންމާދާރު ކަމެއް ނެތި ފާޅުކުރާ ހިޔާލަކުން ރާއްޖެ އާއި ޗައިނާގެ ގުޅުމަށް އަސަރު ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އޭގެ ބަދަލުގައި މި ގުޅުން ދާނީ އިތުރަށް ބަދަހިވެގެން ކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: