ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެސިޑެންސް ވިސާގެ ނަމުގައި މިނިވަންކަން ނިގުޅައިގަންނަނީ

ރައީސް ޞާލިޙް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު: ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ތާރީޚުގެ ފަތްފުށްތަކަށް ބަލައިލުމުން ދިވެހިރާއްޖޭގެ މިނިވަންކަން އެތައް ފަހަރެއްގެ މަތިން ގެއްލިފައިވާކަން ފާހަގަކުރެވެއެވެ. މިއީ ދިވެހިން ދަންނާނެ ޙަޤީޤަތެކެވެ. ބޭރު މީހުން އޭރު ދިވެހިންގެ މިނިވަންކަން ނިގުޅައިގަތުމަށް ދިމާކުރީ، ކަނޑި ބަޑި ލޮންސި ހިފައިގެން މި ޤައުމަށް އަރައެވެ. ނަމަވެސް މިއަދު ވަރަށް ވެސް ތަފާތެވެ. މިނިވަންކަން ނިގުޅައި ގަތުމަށް މިއަދުކުރެވެނީ ފިކުރީ ހަނގުރާމައެވެ. އެއާއި ޚިލާފަށް ދިވެހިންގެ މިނިވަންކަން ނިގުޅައިގަތުމަށް ބާރު ލިބިފައިވާ ފަރާތްތަކުން އަންނަނީ ތަފާތު ސްޓަންޓް ޖައްސަމުންނެވެ. ފަޒާގެތެރޭގައި މިނިވަންކަމާއެކު އުދުހެމުންދާ ދޫންޏެއް އަތުލައިގަންނަން، ނުވަތަ ދޮންވެލި ތުނޑީގައި މިނިވަންކަމާއެކު އިންނަ ދޫންޏެއް އަތުލައިގަތުމަށްޓަކައި މަޅިފަތިޖަހާ ބީދައިންނެވެ. ފަހެ، ދޫނި ހިފާ ހިސާބުން އޭގެ ފިޔަތައް ކޮށާލައި، ނުވަތަ ކޮށްޓަކަށްލައި ތަޅުލާ ފަދައިންނެވެ.

މި ގޮތުން ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އަމިއްލަފުޅަށް އިސްތިއުފާދެއްވި ރައީސް ވެސް އެ ކުރައްވަނީ މިފަދަ މިފަދަ ކަންތަކެކެވެ. އެ މަނިކުފާނު ހިތުން ގިނަ ދިވެހިންގެ ސިކުނޑިއެކޭ ކިޔާފައި ހުންނަނީ މީދާކޭ އުނބެކެވެ. ނަމަވެސް އެހެނެއްނޫނެވެ. މި ޤައުމުގެ ކަރާމާތާއި، ޝަރަފާއި، ޢިއްޒަތާއި، މިނިވަންކަމާއި، ޤައުމިއްޔަތާއި، އަޅުގަނޑުމެންގެ ދީނާއި މެދު ވިސްނާ ފިކުރުކުރާ އެތައްބަޔަކު އެބަތިއްބެވެ. ޤައުމުދެކެ ލޯބިވާ އެތައް ދިވެހިންނެއް އެބަތިއްބެވެ. މަޖިލީހުގެ ރައީސް ފަދައިން، ބޭރު މީހުންނަށް ރޭރުވެގެން އެ އުޅުއްވަނީ ވަރަށް މަދު ބޭފުޅުން ކޮޅެކެވެ. ނަމަވެސް ދަންނަވަންތޯއެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި، އަމަންއަމާންކަމާއި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހުނު ކޮންމެ ކަމެއްކުރަންތިބި ދިވެހިން ވަގުތު ޖެހުމުން، “މަޅިފަތި” ކަނަޑައިލަން ނިކުންނާނެއެވެ. މިއީ ދުވާލު ފަދައިން، އެއީ ކަށަވަރުކަމެކެވެ.

އާދެ. އަޅުގަނޑު މިހާރު ދައްކައިލަން މި އުޅެނީ ވެސް، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިހާރު ޖައްސަވަން އުޅުއްވާ މަޅިފައްޗެއްގެ ވާހަކައެވެ. އަޅުގަނޑު މި ދަންނަވަނީ، މި ޤައުމުގައި 10 އަހަރަށްވުރެ ދިގު މުއްދަތަށް، ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާދޭންޖެހޭ ގޮތަށް އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެންނަން، އެ މަނިކުފާނު އެދިވަޑައިގަންނަވާފައިވާ ވާހަކައެވެ. ރައްޔިތުން މަޖިލީހުގެ ޤައުމީ ސަލާމަތާއި، ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގައި، 100،000 ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް، ރާއްޖޭގައި ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާދޭންޖެހޭގޮތަށް ހަމަޖައްސައިދިނުމަށް އެދިވަޑައިގަންނަވާފައިވާ ވާހަކައެވެ. ރައީސް ނަޝީދު މި ގޮތަށް ކޮމިޓީގައި އެދިވަޑައިގެންފައިވަނީ، އިމިގްރޭޝަން ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ދިރާސާކުރުމަށް ފަހު، މަޖިލީހުން ގޮތެއް ނިންމައިދިނުމަށް އެދި ފޮނުވުމުންނެވެ. އެ މަނިކުފާނު ބޭނުންފުޅުވާ ބައިތައް، އިމިގުރޭޝަންގެ ޤާނޫނުގެ އިސްލާހުތަކުގެތެޜޭގައި ހިމަނުއްވަންވެގެން، ކޮމިޓީން ފޮނުވި މައްސަލަ ވެސް އަނބުރާ ފޮނުވައިލެއްވީއެވެ. އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަށް ޤާނޫނަށް އިސްލާހު ގެންނަން ބުދަދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން ވެސް ވަނީ އެ ކަމާ ދެކޮޅު ހައްދަވާފައެވެ. އެ ބޭފުޅުންގެ ނަޒަރިއްޔާތުގައި، ރާއްޖޭގައި ގެއަކަށް ކުލިދައްކާތާ 10 އަހަރުވެފައިވާ ބިދޭސީއަކަށް ރެސިޑެންޓް ވިސާ ދިނުމަކީ، މާބޮޑު ފައިދާއެއްނެތް، އަދި ގެއްލުންތައް ކުރިމަތިވެދާނެ ކަމެއްކަމަށެވެ.

މި މައްސަލައިގައި ސޯޝަލް މީޑިއާގެތެރޭގައި ވަނީ މަޖިލީހުގެ ރައީސް ނަޝީދަށް ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. ވާނީ ވެސް އެހެންނޫންތޯއެވެ. ހިސާބަށްވުރެ “ނުލަފާކަން” ދައްކަވަން އުޅުއްވަންޏާ ދިވެހިންނެއް މަޑަކުން ނުތިބޭނެއެވެ. މި ގޮތުން ރައީސް ޔާމިނު ސަރުކާރުގައި ފުރަތަމަ ހުންނެވި ނައިބު ރައީސް އަދި މިހާރު އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މި މައްސަލައިގައި ވިދާޅުވީ، މިއީ ދިވެހި ޤައުމިއްޔަތު ނައްތައިލުމަށް ރާވާ ރޭވުމެއްކަމަށެވެ. މީގެ އިތުރުން ޖަމީލް ވިދާޅުވީ، މިއީ ޤައުމުގެ ހުރިހައި ލީޑަރުން އެކުގައި ތެދުވަންޖެހޭކަމެއް ކަމަށެވެ. އަދި މިހާ ފަސޭހައިން މިކަން ދޫކޮށްލައިފިނަމަ “ދިވެހިރާއްޖެ” ކިޔާތަނެއް ނޯންނާނެކަމަށެވެ. މީގެ އިތުރުން ޖަމީލް ވަނީ، ރައީސް ނަޝީދު އަބަދު ދިވެހިންނަށް ގެއްލުންދެއްވަން އެ ރާއްވަވަނީ ކީއްވެތޯ ސުވާލުއުފައްދަވާފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު(ރީކޯ) ވިދާޅުވީ، ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ރެސިޑެންސް ވިސާދެނީ އެތަށް އަހަރެއްވަންދެން އެ ޤައުމުތަކުގައި ވިޔަފާރިކޮށްގެންކަމަށެވެ. އަދި އެ ޤައުމަކަށް ބޭނުންވާ ޢިލްމާއި ހުނަރުހުރެގެން ޤަވާއިދުން އެތައް އަހަރަކު ދިރިއުޅުމާއި، ބޮޑެތި އިންވެސްޓްތަށްކޮށްގެން ވިޔަފާރިތަށް ދާއިމަށް ކުރާމީހުނަށް ކަމަށެވެ.

https://twitter.com/MJameelAhmed/status/1284151967707590658?s=20

މީގެ އިތުރުން މި މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު(ރީކޯ) ވިދާޅުވީ، ދުނިޔޭގެ ގިނަ ޤައުމުތަކުގައި، ރެސިޑެންސް ވިސާދެނީ އެތަށް އަހަރެއްވަންދެން އެ ޤައުމުތަކުގައި ވިޔަފާރިކޮށްގެންކަމަށެވެ. އަދި އެ ޤައުމަކަށް ބޭނުންވާ ޢިލްމާއި ހުނަރުހުރެގެން ޤަވާއިދުން އެތައް އަހަރަކު ދިރިއުޅުމާއި، ބޮޑެތި އިންވެސްޓްތަށްކޮށްގެން ވިޔަފާރިތަށް ދާއިމަށް ކުރާމީހުނަށް ކަމަށެވެ. ޖުމްހޫރީ ޕާޓިގެ ނައިބު ރައީސް ވިދާޅުވީ، މަޖިލިސް މެންބަރުންނަށް ރައްޔިތުން ވޯޓުދިނީ، ރައީސް ނަޝީދު ބޭނުން އެއްޗެއް ވިދާޅުވެ، ބޭނުން ގޮތެއް ހައްދަވާކަށް ނޫންކަމަށެވެ. އަދި މަދު ފައިސާކޮޅަކަށް މި ޤައުމުގެ އިސްތިޤުލާލު ވިއްކައެއްނުލެވޭނެކަމަށް ވެސް ސަޢުދުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި މައްސަލައިގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އެންމެ އަސާސީ ޙައްޤުތައް ވެސް ކަށަވަރުކޮށްނުދީ، އަވަށްޓެރި ޤައުމެއްގެ ނުބައި ރޭވުންތެރިކަމުގެތެރެއިން، ޤާނޫނު އަސާސީއާއި ޚިލާފަށް ބޭރުގެ ފަރާތްތަކަށް ރަށްވެހިކަންދިނުމަކީ، މި ޤައުމަށް ނުހަނު ބޮޑު ނުރައްކަލެއްކަމަށެވެ. އަދި އެއީ ނުހަނު ބޮޑު ބިރުވެރިކަމެއްކަމަށާއި، ދިވެހި ރައްޔިތުން މިހާރު ހޭލަންވެއްޖެކަމަށެވެ.

https://twitter.com/ammadaysaud/status/1284172202309324800?s=20https://twitter.com/Shiyamaldives/status/1284157156451733507?s=20

 އަދި ކުރީގެ އިސްލާމިކް މިނިސްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވަނީ މި މައްސަލައިގައި ފާޑު ވިދާޅުވެފައެވެ. ޝަހީމް ވިދާޅުވީ، ފަލަސްތީނުގެ މިނިވަންކަން ނިގުޅައިގަނެ ޤުދުސް އަޅުވެތިކުރުމަށް އެންމެ ފުރަތަމަ ކުރެވުނުކަމަކީ، އެ ތަނުން ބިންވިއްކުމާއި، ޔަހޫދީންނަށް ދާއިމީގޮތެއްގައި އެތާ ތިބެވޭނެގޮތް ހެދުންކަމަށެވެ. އަދި މިއީ ޤައުމެއް އަޅުވެތިކޮށް ޚަރާބުކޮށްލަން ކުރާ ފުރަތަމަ ކަންތައްކަމަށާއި، މިފަދަ ކަންކަމާމެދު ސަމާލުވާންޖެހޭކަމަށް ވެސް ޝަހީމް ވިދާޅުވެފައިވެއެވެ.

https://twitter.com/Mohamedshaheem1/status/1284136768611155971?s=20

އިސްވެ މި ދެންނެވި ބޭބޭފުޅުންގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ، ރައީސް ނަޝީދުގެ މި ޢަަމަލުފުޅަށް ފާޑުކިޔާފައެވެ. ޓްވިޓަރ ގައި ނައިބުތުއްތުގެ ނަމުގައި ޓްވީޓްކުރި މީހަކު ބުނީ، ފަހަކަށްއައިސް ރައީސް މުޙައްމަދު ނަޝީދު ބައިކޮޅަށް ގިނަ ގޯލްޖަހާކަމަށެވެ. އަދި ދިވެހިންގެ އާދަކާދައަށް ނުބަލާ ބަސްނުބުނުމަށް އެދޭކަމަށައި ހިކްމަތްތެރިކަން ހުންނަންޖެހޭކަމުގައި ވެސް ޓްވީޓްގައި ބުނެފައިވެއެވެ. އަދި ރައީސް ނަޝީދުކުރަން އުޅުއްވާ ކަންތައް އެއްގޮތަކަށް ވެސް ކުރައްވައިގެން ނުވާނެކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން ވެސް މި ޤައުމުދެކެ ލޯބިވާ ދިވެހިދަރިން އަންނަނީ މިކަމާ ދެކޮޅަށް ފާޑުކިޔައި، ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އާދޭހެވެ. ދިވެހި ރައްޔިތުން އެ އެދޭފަދައިން، ސަރުކާރުން މިކަމާ މެދު ވިސްނަން އެބަޖެހެއެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ރައްޔިތުން ވޯޓުދިނީ، މި ޤައުމު ބޮއްސުންލައިގެން ދިޔަދޭކަށެއްނޫނެވެ. އަދި ކީއްތަ، ދިވެހި ރައްޔިތުން އެ މަނިކުފާނާއި، ވެރިކަން ހަވާލުކުރީ ހެޔޮ ވެރިކަމަކަށް އަދއިގެންނެވެ. ކަން މިހެން ހުރިއިރު، މި ޤައުމު އޮޔާދާއިރު، ބައްލަވަން ނުހުންނެވުމަށް ގޮވާލަމެވެ. އަދި ދަންނަވަންތޯއެވެ. އޮޔާދާއިރު މަނިކުފާނުވެސް އޮޔާނުދާނެކަމަށް ނުވިސްނަވާށެވެ. އަދި ކީއްތަ، ތިޔަ ވިދާޅުވާ މަޖިލީހުގެ ރައީސް މަނިކުފާނު އޮޔާދާއިރު، އެ އޮއިވަރުން ސަލާމަތްވެވަޑައިގަތުމަށްޓައި “ފިލާ ފޮއްޗެއް” ގެ ހިސާބު ވެސް ދެއްވާނެކަމަށް އުންމީދުނުކުރައްވާށެވެ. އޭނާއަކީ އޭނާކަން ދެނެވަޑައިގަންނަވާށެވެ. ކުރިއަށް ދިވެހި ޤައުމެވެ. ދިވެހިންގެ ދީނެވެ. ދިވެހިންގެ މިނވަންކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: