ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އަށް އިތުރު 14 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 2،913 އަށް

ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 14 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހުކުރުދުވަހުގެރޭ ހެލްތު ޕްތޮޓެކްޝަން އެޖެންސީން ކުރި ޓްވީޓުގައި ބުނީ، ބުރާސްފަތިދުވަހުގެ ހަވީރު 18:00 އިން ފެށިގެން، ހުކުރުދުވަހުގެ ހަވީރު 18:00 އާއި ހަމައަށް އިތުރު 14 މީހަކު ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި ޖުމްލަ ޢަދަދު 2،913 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން މި ބައްޔަށް ފަރުވާހޯދަމުން އަންނަ މީހުންގެތެރެއިން، އިތުރު އެކަކު ރަނަގަޅުވެފައިވާކަމަށާއި، މިގޮތުން މި ބަލި ޖެހިގެން މިހާތަނަށް ޖުމްލަ 2،340 މީހުން ރަނގަޅުވެފައިވާކަމަށް ވެސް ބުނެފައިވެއެވެ. އަދި މިހާރު ފަރުވާދެމުން އަންނަނީ 543 މީހުންނަށްކަމަށް ބުނެފައިވާއިރު، ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު 32 މީހުންތިބިކަމަށާއި، އެައިސޮލޭޝަން ފެސިލިޓީތަކުގައި، ޖުމްލަ 459 މީހަކު ތިބިކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. 

އެޗްޕީއޭއިން ހާމަކުރިގޮތުގައި، އެންމެފަހުން ޕޮޒިޓިވްވެފައިވަނީ، 10 ދިވެއްސެއްގެ އިތުރުން، ބަންގްލަދޭޝްގެ 03 މީހުންނާއި، އިންޑިއާ މީހެކެވެ. މި ޢަދަދުތަކާއެކު، މިހާތަނަށް ޖުމްލަ 1،217 ދިވެހިން ޕޮޒިޓިވްވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހުންގެ ޢަދަދު 1،357 އަށް އަރައެވެ. މީގެ އިތުރުން އިންޑިއާގެ 243 މީހުން ޕޮޒިޓިވްވެފައިވާއިރު، ނޭޕާލުގެ 46 މީހުންނާއި، ސްރީލަންކާގެ 23 މީހުންނާއި، އިޓަލީގެ 11 މީހުންގެ އިތުރުން، ޕިލިޕީންސްގެ 04 މީހަކު ވެސް ވަނީ ރާއްޖެއިން މި ބައްޔައް ޕޮޒިޓިވްވެފައެވެ. ހަމައެއާއެކު ޕޮޒިޓިވްވި މީހުންގެތެރޭގައި ވަކި ޤައުމެއް ހާމަކޮށްފައިނުވާ 12 މީހަކު ހިމެނޭކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

https://twitter.com/HPA_MV/status/1284171237221175297?s=20

އެޗްޕީއޭގެ ތަފާސް ހިސާބުތައް ބުނާގޮތުގައި، ޕޮޒިޓިވްވި މީހުންގެތެރޭގައި، 2،337 ފިރިހެނުންނާއި، 563 އަންހެނުން ހިމެނެއެވެ. ކޮވިޑް-19 އިގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު، މި ބަލީގައި ރާއްޖެއިން މިހާތަނަށް ޖުމްލަ 15 މީހުންވަނީ ނިޔާވެފައެވެ. އެޗްޕީއޭއިން ހާމަކުރިގޮތުގައި އޭގެތެރޭގައި ހިމެނެނީ، 10 ދިވެހިންގެ އިތުރުން، ބަންގްލަދޭޝްގެ ހަތަރުމީހުންނާއި ޕިލިޕީންސްގެ މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: