ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަންގެ ގާނޫނަށް ނަޝީދު ހުށަހެޅުއްވި އިސްލާހަށް ތާޢީދެއް ނުލިބުނު!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިހަ އަހަރަށް ވުރެ ދިގު މުއްދަތަށް ރާއްޖޭން ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރުންގެ ތާޢީދު ކުރައްވަން ދެކޮޅު ހައްދަވައިފިއެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ހުށަހެޅުން، ކޮމިޓީއަށް ފޮނުވާ ބިލު ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. ނަމަވެސް އެ ބިލަށް އިތުރު އިސްލާހުތަކެއް ގެންނެވުމަށް މަޖިލީހުގެ ރައީސް ވަނީ އަލުން އަނބުރާ އެ ބިލު ކޮމިޓީއަށް ފޮނުއްވައިފަ އެވެ.

ރައީސް ނަޝީދު އިސްލާހު ހުށަހެޅުއްވީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅެ ބިދޭސީއެއް ނުވަތަ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއްކުރާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ދިނުމަށެވެ. އޭގެ އިތުރުން ރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބޭ ގޮތަށް ހެއްދެވުމަށެވެ.

ދެވަނަ ފަހަރަށް ކޮމިޓީއަށް އެ ބިލުފޮނުވުމުން މެންބަރުންވަނީ އެކަމާއި ބަހުސް ކުރައްވާފައެވެ. އަދި 10 އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންސް ވިސާ ދިނުމާބެހޭ އިސްލާހަށް މެންބަރުންވަނީ ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފަ އެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުޤައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، އެހާ ކުޑަ އަދަދެއް އިންވެސްޓްކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުން، ގަވާއިދާ ހިލާފަށް މިހާރު ވިޔަފާރިކުރާ ބިދޭސީން ވެސް ގާނޫނުގެ ތެރެއަށް ވަނުމަށް ފުރުސަތު ލިބިގެން ހިނގައިދާނެ ކަމަށެވެ.

ވިލުފުށީ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަފީފު ވިދާޅުވީ، ރެޒިޑެންޓް ވިސާއަކީ ތަނެއް ކުއްޔައް ހިފައިގެން އެއްވެސް ގައުމެއްގައި ދޭ އެއްޗެއް ނޫން ކަމަށާއި އަދި އެ ވިސާއަކީ އެމީހެއްގެ ފަރާތުން އެތަނަކަށްވާ ފައިދާއަކަށް ބިނާކޮށް ދޭ އެއްޗެއް ކަމަށާއި އެއީ އެހާ އާދައިގެ ގޮތަކަށް ދޫކޮށްލެވޭނެ އެއްޗެއް ނޫން ކަމަށެވެ.

ދުވާފަރު ދާއިރާގެ އެމްޑީޕީ މެންބަރު އިސްމާއީލް އަހުމަދު ވިދާޅުވީ، މަޖިލިސް ރައީސް އިސްލާހު ހުށަހެޅުއްވި 16 ވަނަ މާއްދާގެ ހ. އާއި ށ އަށް ތާއީދުކުރި ނަމަވެސް 10 އަހަރަށް ގެ ކުއްޔަށް ހިފާ މީހުންނަށް ރެޒިޑެންޓް ވިސާ ލިބޭ މާއްދާއަށް ތާއީދު ނުކުރައްވާ ކަމަށެވެ.

 މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ، މި ހުށަހެޅުންތަކަކީ ބަލައިގަނެވޭނެ އިސްލާހުތަކެއް ނޫން ކަމަށެވެ. ނަމަވެސް ދިވެހިންނާ ކައިވެނިކުރާ ބިދޭސީންގެ ބަޔާއި އިންވެސްޓް ކުރުމަށް އޮންނަ ބަޔަށް ކޮންމެ ވެސް ކަހަލަ ހައްލެއް ގެނެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރުންގެ ޚިޔާލުތަކަށް ފަހު ކޮމިޓީން ނިންމީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮމިޓީ އަށް ހާޒިރުކޮށް، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: