ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ 07 ދުވަހުގެތެރޭގައި، އިންތިޚާބު ބާއްވާނެ ތާރީޚު އިޢުލާނުކުރާނަން: އަކްރަމް

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު އަކްރަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން މިހާރު އިޢުލާނުކޮށްފައިވާ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ 07 ދުވަހުގެތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚެއް އިޢުލާނުކުރާނެކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބުރައީސް އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރުމުގެ ސަބަބުން، މި އަހަރުގެ އޭޕްރީލްމަހުގެ 04 ވަނަ ދުވަހުގައި ބާއްވަން ކުރިން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ވަނީ ފަސްކޮށްފައެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020 ގައިވާ ގޮތުން، އަންނަ އަހަރުގެ މާޗުމަހުގެ ކުރިން އިންތިޚާބު ބާއްވަންޖެހެއެވެ. މިކަމާ ބެހޭގޮތުން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ، އަންނަ އަހަރުގެ ރަމަޟާން މަސްއައުމުގެ ކުރިން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުގެ މަޝްވަރާތައްކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައިވާނުވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން “ސަންގު ޓީވީ” އަށް މަޢުލޫމާތުދެއްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ، މިހާރު އިޢުލާނުކޮށްފައިވާ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ 07 ދުވަހުގެތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚެއް އިޢުލާނުކުރާނެކަމަށެވެ. މި ގޮތުން އޭގެ ކުރިން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރާނެކަމަށާއި، އެއަށްފަހު އިންތިޚާބު ބާއްވާނެ ދުވަހެއް އިލެކްޝަން ކޮމިޝަނުން އިޢުލާނުކުރާނެކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

“އިންތިޚާބަށް އަޅުގަނޑުމެން އިޢުލާންކުރަން މިސާލަކަށް މިހާރު ޤާނޫނު މި އޮތްގޮތުން މިހާރު މި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިކަން ދަޢުލަތުގެ ކަމާބެހޭ ފަރާތްތަކުން އިޢުލާނުކުރައްވާތާ 07 ދުވަހުގެތެރޭ އެބަޖެހޭ އިލެކްޝަން ކޮމިޝަނަށް އިންތިޚާބު އޮންނަ ދުވަސް އިޢުލާނުކުރަން. އެހެންވީމަ އޭގެ ކުރިން ﷲ އިރާދަކުރެއްވިއްޔާ އަނެއްކާވެސް އަޅުގަނޑުމެން ސިޔާސީ ޕާޓީތަކާއެކުގަ މަޝްވަރާކުރާނަން، މަޝްވަރާކުރެވުމަށްފަހު އިންތިޚާބު ބާއްވާދުވަހެއް އިލެކްޝަން ކޮމިޝަނުން އިޢުލާނުކުރާނެ.” އަކްރަމް

ހުސްވި އޭޕްރީލް މަހުގައި ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ރަށު ކައުންސިލުގެ މެންބަރުންގެ ގޮތުގައި 923 ކެންޑިޑޭޓަކު އިންތިޚާބުކުރާއިރު، ސިޓީ ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުކުރަން ނިންމާފައިވަނީ، 39 ކެންޑިޑޭޓެކެވެ. މީގެ އިތުރުން، ރަށު ކައުންސިލު މެންބަރުކަމަށް 372 އަންހެނުން އިންތިޚާބުކުރަން ނިންމާފައިވާއިރު، ސިޓީ ކައުންސިލުތަކަށް އިންތިޚާބުކުރަން ނިންމާފައިވަނީ 12 އަންހެނުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: