ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ބޭނުންހައި ގޮތަކަށް ކަންކަމެއް ނުކުރެވޭނެ، ބިދޭސީންގެ މައްސަލައަށް ހައްލަކީ ރާއްޖެ : ރައީސް ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު. ފޮޓޯ: އިންޑިއަން އެކްސްޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނީ ރާއްޖޭގައިކަމަށާއި، ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެތެރެއިން ކާކުކަން ނޭނގޭ މީހުންގެ މައްސަލަ ހައްލުކުރުމަށް އޮތް މަގަކީ އެމީހުން ފޮނުވާލުންކަމަށް ދެކޭނަމަ، އެ މައްސަލަ ހައްލެއްނުވާނެކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވެފައިވަނީ “ބޭރު މީހުން” މި ސުރުޚީގެ ދަށުން އެ މަނިކުފާނު ލިޔުއްވާފައިވާ މަޒުމޫނެއްގައެވެ. މި ގޮތުން ރައީސް ނަޝީދު މިއަދު ޝާއިޢުކުރެއްވި މަޒުމޫނުގައި ވިދާޅުވީ، ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންއަންނަ ހުރިހައި ބިދޭސީން ފޮނުވައިލުމަކީ ނުވާނެކަމެއްކަމަށެވެ. އަދި ދިވެހި އެއްވެސް ވެރިއަކު އެކަން ކުރައްވާނެ ކަމަށް ވިދާޅުވާނަމަ، އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ވިދާޅުވާ ބަސްތަކެއްކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.

ރަައީސް ނަޝީދު ވިދާޅުވީ ރައްޔިތުން އެދޭހައި ގޮތްގޮތަށް ނުވަތަ ރައްޔިތުންގެ އުންމީދާއި އެއްގޮތަށް ކަންތައްތައް ނުކުރެވޭނެކަމަށާއި، ރާއްޖޭގައި މިހާރު ތިބި ގިނަ ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނީ ރާއްޖޭގައިކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އުޅެ ގިނަ ބިދޭސީންގެ އަތުގައި ކާކުކަން އަންގައިދޭ ލިޔުމެއް ނެތްއިރު، އެ ބިދޭސީން އަމިއްލައަށް އެ ލިިޔުން ވީދާލީކަމަށްވުމީ ވެސް އެކަށީގެންވާކަމެކެވެ. އަދި އޭނާ ގެނައި މީހާ އެ ލިޔުން ނައްތާލީކަމަށްވެދާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އޭނާއަކީ ކާކުކަން ދިވެހި ސަރުކާރަށް ވެސް، އަދި އޭނާ ގެ އަމިއްލަ ޤައުމަކަށް ވެސް ސާފުކުރެވޭނެ ގޮތެއް ނެތްކަމަށާއި، ދިވެހި ސަރުކާރުން އޭނާ ފޮނުވާލުމަށް އެދުނުކަމުގައިވިޔަސް، އޭނާ ފޮނުވުމަށް މަސައްކަތް ކުރާ ޤައުމުގެ ސަރުކާރުން އޭނާ އެ ރަށަށް ގެންދިއުމަށް އެއްބަސްވެ، އެއްބާރުލުން ނުދޭކަމަށްވާނަމަ، ރާއްޖެއިން ފޮނުވާލެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ. އަދި މިހާރުވެސް ސައްހަ ލިޔެކިޔުމެއްނެތި 70،000 އާއި ގާތްކުރާ ޢަދަދަކަށް ރާއްޖޭގައި ބިދޭސީން އުޅޭކަމަށާއި، އެ ހުރިހައި އެންމެން ހިފައި ހައްޔަރުކޮށް ތަންތަނުގައި ބަންދުކުރުމަކީ ވެސް ވާނެކަމެއްނޫންކަމަށެވެ. އަދި އެއީ ވަކި ހިނގާނެ ޚަރަދު ބޮޑުވާނެކަމުން ނޫންކަމަށާއި، އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެކަމަށެވެ.

ރަައީސް ނަޝީދުގެ މަޒުމޫނު ނިންމަވައިލައްވަމުންވަނީ، ޤަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން، ޤަވާއިދުގެތެރެއަށް ގެނައުމަށްޓަކައި، ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭންޖެހެކަމަށާޢި، އަދި އޭނާއަށް ބޯހިޔާވަހިކަމެއް ދޭންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މި ދެކަން ނުކޮށްފިނަމަ ރާއްޖެއަށް އިތުރު ހަމަޖެހުމާއި، ކުރިއެރުން ހޯދަން ދަތިވުމުގެ އިތުރުން، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ނުރަނގަޅު އަސަރުތަކެއްކުރާނެކަމަށް ވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވަނީ، މިފަދަ މަޒުމޫނެއް ލިޔުމުން ބައެއް ބޭފުޅުން ރުހިވަޑައިނުގަންނަވާނެކަމަށް ވެސް ވިދާޅުވެފައެވެ. ނަމަވެސް މީގެ 50 އަހަރުފަހުން މި މައްސަލަ މާ ބޮޑުވާނެކަމަށާއި، އެ ދުވަހުގައި ވެސް ޢަމަލުކުރާންޖެހޭނީ އެ މަނިކުފާނު ވިދާޅުވާގޮތުގެ މައްޗަށް ބިނާކޮށްކަމަށް ވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: