ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެލްސަން މަންޑޭލާ ރޫލްސް ތަންފީޒުކުރަން ފެށުމުން ގިނަ ކަންކަން އިޞްލާހުވެގެންދާނެ: ހޯމް މިނިސްޓަރ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނެލްސަން މަންޑޭލާ ރޫލްސްއަށް ފުރިހަމައަށް ޢަމަލުކުރަން ފެށުމުން ޖަލުތަކުގެ ވަރަށްގިނަ ކަންކަން އިޞްލާހުވެގެންދާނެކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ ”ނެލްސަން މަންޑޭލާ އިންޓަރނޭޝަނަލް ޑޭ“ ގެ މުނާސަބަތުގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް – ޔޫއެންއޯޑީސީ ގެ ފަރާތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ގުޅިގެން ބޭއްވި ނެލްސަން މަންޑޭލާ ޑޭ މަސައްކަތު ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުންކަމަށެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކާއެއްގޮތަށް ޖަލުގެ ވަޞީލަތްތައް ޤާއިމްކޮށް، ޤައިދީންނާމެދު އަމަލުކުރުންކަމަށެވެ. އޭގެ ތެރޭގައި ޖަލުގެ ޞިއްޙީ ނިޒާމާއި، ޤައިދީންގެ އަހުލާޤާއި، މުޢާމަލާތް ކުރެވޭ ގޮތާއި، މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރެވޭ ގޮތް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެމަގަށް ކުރެވޭ މަސައްކަތްތަކުގައި ޤައިދީންގެ ހައްޤުތައް ރައްކާތެރިކުރުމަށް ނެލްސަން މަންޑޭލާ ރޫލްސް އެހީވެދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ޝާއިއުކުރެވިގެން ދިއުމަކީ މަސައްކަތަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިމަސައްކަތުގެ ތެރެއިން ޞުލްޙަ މަސަލަސްކަމާއި، ޑިމޮކްރަސީއާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ހާޞިލްވުމަށްވެސް އެހީވެދޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ޝާއިއުކުރެވޭ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނެލްސަން މަންޑޭލާ ދުވަހަށްވުމީ އުފަލެއްކަމަށާއި، އަދި މިއީ ރާއްޖޭގައި މިދުވަސް ފާހަގަކުރާ ފުރަތަމަ ފަހަރުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނެލްސަން މަންޑޭލާ ރޫލްސްގެ ދިވެހި ތަރުޖަމާ ވުޖޫދަށް ގެނައުމަށް ޔޫއެންއޯޑިސީއާއި ހޯމް މިނިސްޓްރީގެ މުވައްޒަފުން ކުރެއްވި މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: